ޓެންޒޭނިއާގެ 7 އަންހެނުން 17 އަހަރު ކުރި އުއްމީދުގައި ކުލަޖައްސައިދިނީ ދިވެހީން

4 months ago

އަފްރާހް

ޓެންޒޭނިއާގެ 7 އަންހެނުން މިސްކިތެއް ބިނާކުރުމަށް ކުރި އުއްމީދު ދިވެހީން ފުރިހަމަކޮށްދީފިއެވެ.


ޚިދުމަތް ޖަމިއްޔާ އިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވަނީ ޓެންޒޭނިއާގެ ޑޮޑޮމާ ސިޓީގެ ހަތް އަންހެނުން މިސްކިތެއް އިމާރާތްކުރުމަށް 17 އަަހރުވަންދެން ކުރި އުއްމީދުގައި ދިވެހީން ކުލަޖައްސައިދީފައިވާ ކަމަށެވެ.


މިއަހަރުގެ ރަމަޟާން މަހު ހުޅުވައިލި މިސްކިތް ޕްރޮޖެކްޓުގެ ދަށުން ދިވެހިން ހަދިޔާކުރި ފަންޑުގެ އެހީގައި އެގައުމުގައި އިމާރާތްކުރި މިސްކިތް ހުޅުވީ މި ހިނގާ ޖޫން މަހުގެ 19 ވަނަ ދުވަހު ހަވީރު ކަމަށް ވެސް ހިދުމަތް ޖަމިއްޔާ އިން ހާމަކުރެއެވެ.


މި މިސްކިތް ހުޅުވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިބްރާހިމް މުހައްމަދުއެވެ.


އެ ޖަމިއްޔާ އިން ބުނީ މިއީ 350 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށާއި މިސްކިތް އިމާރާތްކުރީ އެ ޖަމިއްޔާގެ ބެލުމުގެދަށުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު

ކާސިމް

الحمدلله

4 months ago