ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ

4 months ago

އަފްރާހް

ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއްޖެއެވެ.


އެ އިދާރާ އިން ނެރެފައިވާ މޫސުމީ ބުލެޓިންގ ގައި ބައެއް ރަށްރަށަށް ގުގުރުން އެކަށީގެންވާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.


މީގެއިތުރުން ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަަމަށް ވަނީ ލަފާލުރައްވާފައެވެ. އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުދެކުނުން ވައި ޖެހޭނީ ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގައި ކަމަށް ވެސް ލަފާކުރައްވައެވެ.


އެ އިދާރާ އިން ވިދާޅުވީ ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.


ރާއްޖޭގެ ކަނޑުތައް ދެކުނުގައި އާދައިގެވަރަކަށް މަޑުވިޔަސް، އެހެން ހިސާބުތަކުގައި އާދައިގެވަރަކަށް ގަދަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.


މޫސުމާއިބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ރާޅުގެ އުސްމިން އާންމުގޮތެއްގައި ދެ ފޫޓާއި ހަތަރު ފޫޓުގައި ހުރިނަމަވެސް އުތުރާއި މެދުރާއްޖެތެރޭގައި ހަތަރު ފޫޓާއި ހަ ފޫޓަށް ރާޅުގެ އުސްމިން ހުންނާނެކަމަށް ލަފާކުރެވޭ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު