ރާއްޖޭގެ ބައެއް ސަރަހައްދަށް މޫސުން ގޯސްވާނެ

4 months ago

އަފްރާހް

ރާއްޖޭގެ ބައެއް ސަރަހައްދަށް މޫސުން ގޯސްވާނެކަމަށް ލަފާކުރައްވައި، ސަމާލުވުމަށް މޫސުމާއިބެހޭ ގައުމީ އިދާރާ އިން އެދިލައްވައިފިއެވެ.


ޖޫން 22 ވަނަ ދުވަހުގެ ހަވީރު 6 ޖެހުމާއި ހަމައަށް ނެރުއްވާފައިވާ މޫސުމީ ބުލެޓިންގައި ވަނީ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށެވެ. އަދި ބައެއް ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހުން ވެސް އެކަށީގެންވާ ކަމަށެވެ.


މީގެއިތުރުން ދެކުނުގެ އަތޮޅުތަކުގައި ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރައްވާފައި ވެއެވެ. އަދި އެހެން ހިސާބުތަކަށް ވައި ޖެހޭނެކަމަށް ލަފާކުރައްވާފައިވަނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭކުގެ ބާރުމިނުގައި ކަމަށް ވެސް ލަފާކުރައްވައެވެ.


އެ އިދާރާއިން ވިދާޅުވީ ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ދެކުނުގެ ކަނޑުތައް އާދައިގެ ގޮތެއްގައި މަޑުނަމަވެސް އެހެން ސަރަހައްދުގެ ކަނޑުތައް ގަދަވާނެ ކަމަށް ވެސް ބްލެޓިން ގައި ވެއެވެ.


ރާއްޖޭގެ ކަނޑުގެ ރާޅުގެ އުސްމިން ދެކުނުގެ އަތޮޅުތަކުގައި ދެފޫޓާއި 4 ފޫޓުގައި ހުންނައިރު، އުތުރާއި މެދުރާއްޖެތެރޭގައި ހުންނާނީ ފަސް ފޫޓާއި ހަތް ފޫޓުގައި ކަމަށް ވެސް މޫސުމާއިބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު