ޓީ ޓްރީ އޮއިލް: ހަމުގެ މައްސަލަތަކަށް ފަރުވާ ހޯދައިދޭ ގުދުރަތީ އުފެއްދުމެއް

5 months ago

އަފްރާހް

ޓީ ޓްރީ އޮއިލް އަކީ ހަމުގެ މައްސަލަ ތަކަށް ފަރުވާ ހޯދައިދޭ ގުދުރަތީ އުފެއްދުމެކެވެ. އަދި ހަށިގަނޑުގެ ހަންގަނޑު ރީތި ކޮށް ސާފުކޮށް ބަހައްޓަން ބޭނުން ފަރާތްތަކަަށާއި މޫނުމަތީގައި އޮށާޅަ ނެގުމަށް ވެސް ހައްލެއް ގެނެސްދޭ އެއްޗެކެވެ.


އޮށާޅަ ނަގަނީ މޫނުގެ ހަންގަނޑު ތެޔޮވާތީ ކަމަށް ދިރާސާތަކުން ދައްކާއިރު، އެއީ މޫނުގެ ހަންގަނޑަށް އަންނަ ތެޔޮ ކަމުގައި އުފެދޭ ތެލުގެ ފެޓްސް ގެ ސަބަބުން މޫނު މަތީގައި ނަގާ އެއްޗެއްކަމަށް ބުނެއެވެ. މިކަމުގެ ސަބަބުން މޫނު މަތީގައި ހުންނަ ކުދި ލޯވަޅުތައް ބެދި އޮށާޅަ ނެގުމަށް މަގުފަހިވާ ކަަމަށް ވެސް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.


ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި "ޓީ ޓްރީ އޮއިލް" ބޭނުން ކުރުމުން މޫނުގެ ހަންގަނޑު ތެޔޮވުމުން އުފެދޭ ފެޓްސް ވިރުވައިދެއެވެ. އަދި މިގޮތަށް ފެޓްސް ވިރުވައިދިނުމުން މޫނުމަތީގައި ހުންނަ ކުދި ލޯވަޅުތައް ބެދުން ހުއްޓުވައިދީ ހަންގަނޑުގެ ސާފުކަން ދަމަހައްޓައިދެއެވެ.


މިކަމުގެ ސަބަބުން މޫނުމަތީގައި އޮށަޅަ ނެގުން ހުއްޓުވައިދޭއިރު، "ޓީ ޓްރީ އޮއިލް" ގައި ހިމެނޭ "އެންޓިބެކްޓީރިއަލް" ތަކުގެ ސަބަބުން މޫނު މަތީގެ ހަންގަނޑުގެ ތެޔޮކަމުގެ ސަބަބުން މޫނުމަތީގައި ނަގާ އޮށަޅަ ފިލުވައި ދެއެވެ. އަދި ހަންގަނޑު އޮމާން ކޮށްދީ ތާޒާ ކޮށްދޭއިރު، މޫނުމަތި ރަތްވުމާއި ހިރުވުން ހުއްޓުވައިދެއެވެ.


"ޓީ ޓްރީ އޮއިލް" ގައި ހިމެނޭ "އެންޓިސެޕްޓިކް" ގެ ސަބަބުން މޫނުގެ ހަންގަނޑުގައި ތެޔޮ އުފެދުން މަދުކޮށްދީ ކޮންޓްރޯލު ވެސް ކޮށްދެއެވެ.


ކިޔުންތެރިންގެ ހިޔާލު