ޝައި ޕްރޮޑަކްޝަންގެ "ސާޔާ" އޮގަސްޓު މަހު ބެލުންތެރިންނަށް

4 months ago

އަފްރާހް

ރާއްޖޭގައި ފިލްމު އުފައްދާ ފަރާތްތަކުގެ ތެރެއިން 'ޝައި ޕްރޮޑަކްޝަން' އަކީ ބެލުންތެރިންނަށް ތަފާތު އުފެއްދުންތަކެއް ގެނެސްދީ، މަގްބޫލުކަން ހޯދާފައިވާ ޕްރޮޑަކްޝަން ހައުސްއެކެވެ.


އެގޮތުން ބިރުވެރި ކޮމެޓީ ފިލްމެއް ކަަމަށްވާ 'ފޯޓީ ޕްލަސް' އަކީ ގިނަބައެއްގެ މަގުބޫލުކަން ހޯދާފައިވާ އުފެއްދުމެކެވެ.


ޕްރޮޑިއުސަރު އިސްމާއީލް ޝަފީގުގެ 'ޝައި ޕްރޮޑަކްޝަނުން' މިހާރުއަމާޒު ހިފާފައިވަނީ ބެލުންތެރިންނަށް ތަފާތު ރަހައެއް ދައްކައިލުމަށެވެ. އެގޮތުން އަލަށް ގެނެސްދޭ ފިލްމުގެ ނަމާއި ރިލީޒުކުރާނެ ތާރީހު އިއުލާނުކޮށް، ޓީޒާ ވެސް މިވަނީ އާންމުކޮށްފައެވެ.


އެ ޕްރޮޑަކްޝަނުން ހާމަކުރައްވާފައިވާގޮތުގައި އެ ސްޓޫޑިއޯގެ އައު ފިލްމުގެ ނަމަކީ "ސާޔާ" އެވެ. އަދި ބެލުންތެރިންނާއި ހަަމައަށް ނުވަތަ ސްކްރީނުގައި ފިލްމު އެޅުވުމަށް މިހާރުތާވަލުކޮށްފައިވާ ތާރީހަކީ އަންނަ އޮގަސްޓް މަހުގެ ހަތް ވަނަ ދުވަހެވެ.


ކުޅަދާނަ އެކްޓަރ، ޑައިރެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓް ކޮށްފައިވާ މިފިލްމުގައި ޔޫއެްޕެ ވެސް ހާއްސަ ރޯލަކުން ފެނިގެންދާއިރު، ކުޅަދާނަ އެކްޓްރެސް އައިމިނަތު ރަޝްފާ (އާޝާ) އާއި އިބްރާހިމް ޖިހާދު (ޖިމީ) އާއި މުހައްމަދު މަނިކާއި އަހްމަދު ނިމާލްގެ ކުޅަދާނަ އެކްޓިންގ ވެސް މި ފިލްމުން ފެންނާނެ ކަަމަށް އެ ޕްރޮޑަކްޝަނުން މައުލޫމާތު ދެއެވެ.


މަޝްހޫރު ކެމެރާމަން މާސްކޭ ކެމެރާކޮށްފައިވާ މި ފިލްމުގެ ބެކްމިއުޒިކު ހަދާފައިވަނީ އައްޔުމަން ޝަރީފު އެވެ. ޔޫއްޕެގެ ސްކްރީން ޕްލޭއަކަށް، ފިލްމު އެޑިޓްކޮށްފައިވަނީ ވެސް ޔޫއްޕެއެވެ.


ކިޔުންތެރިންގެ ހިޔާލު