ދިވެހި ހައްޖުވެރިން މާލެ އަންނަން ފަށާނީ މި މަހުގެ 24 ގަ

4 months ago

އަފްރާހް

މިއަހަރު ރާއްޖެެއިން ހައްޖަށް ދިޔަ މީހުން އެނބުރި ރާއްޖެ އަންނަން ފަށާނީ މި ޖޫން މަހުގެ 24 ވާ ހޯމަ ދުވަހު ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.


އެ މިނިސްޓްރީން ވިދާޅުވީ މިއަހަރު ރާއްޖެއިން ހައްޖަށް ދިޔަ ޙައްޖުވެރިން ހައްޖުގެ އަޅުކަން ފުރިހަމަކުރެއްވުމަށްފަހު، މިހާރު ވަނީ ފުރުމަށް ތައްޔާރުވެފައި ކަމަށެވެ.


ދިވެހި ހައްޖުވެރިން ރާއްޖެއައުމަށް ހަމަޖެހިފައިވާގޮތަށް ބަލާއިރު، ޖޫން 24 ގައި ފުރަތަމަ ފްލައިޓު އަންނައިރު، ދެވަނަ ފްލައިޓު އަންނާނީ ޖޫން 28 ގައެވެ. އަދި ތިންވަނަ ފްލައިޓު ޖުލައި 1 ވަނަ ދުވަހުއެވެ.


މީގެއިތުރުން ހައްޖުވެރިން ގޮވައިގެން އަންނަ އެންމެފަހު ފްލައިޓު އަންނާނީ ޖުލައި 4 ވަނަ ދުވަހުއެވެ.


ދިވެހި ހައްޖުވެރިްނގެ ތެރެއިން އެކަކު ނިޔާވެފައިވާއިރު، ހައްޖު މިޝަނުން ހާމަކުރައްވާފައިވާ ގޮތުގައި އެންމެ ހައްޖުވެރިއަކު ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާދެމުން އައިނަމަވެސް، އާންމުގޮތެއްގައި ހައްޖުވެރިންގެ ހާލު ރަނގަޅު ކަމަށް ވެސް ވިދާޅުވެއެވެ.


މިއަހަރު ސައުދީ އަރަބިއްޔާ އިން ރާއްޖެއަށް ދިން 1،000 ކޯޓާ ސަރުކާރުން ދީފައިވަނީ ހައްޖު ކޯޕަރޭޝަނަށެވެ. އެގޮތަށް ނިންމާފައި ވަނީ ވަރަށް ގިނަ ޖަމާއަތްތަކުން މީހުން އަތުން ފައިސާނެގުމަށް ފަހު ހައްޖަށް ނުދެވުމުގެ މައްސަލަތަކާއި ބިޑް އުސޫލުން ކޯޓާ ނެގުމަށްފަހު، ބޮޑު އަގުގައި ކޯޓާ ވިއްކާ މައްސަލައަށް ހައްލު ހޯދައި ދިނުމަށް ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު