ޢުލްޔާ އާއި އާން އަށް އޮލިމްޕިކްސްގައި ވާދަކުރުމުގެ ފުރުސަތު

4 months ago

އަފްރާހް

އޮލިމްޕިކް ގޭމްސްގައި ފެތުމުގެ ކުޅިވަރުން ރާއްޖެ ތަމްސީލުކުރާނީ މުޙައްމަދު އާން ޙުސައިން އަދި ޢާއިޝަތު ޢުލްޔާ ޝާއިޤް ކަމުގައި މޯލްޑިވްސް ސްވިމިންގ އެސޯސިއޭޝަނުން ހާމަކުރައްވައިފިއެވެ.


އެ އެސޯސިއޭޝަނުން ހާމަކުރައްވާފައިވާ ގޮތުގައި ފްރާންސްގެ ޕެރިހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކް ގޭމްސްގައި ފެތުމުގެ ކުޅިވަރުން ރާއްޖެއަށް ލިބިފައިވާ މި ދެ ފުރުޞަތަކީ ޔުނިވަރސިލިޓީ ޕްލޭސަސްގެ ދެ ފުރުސަތެވެ.


އޮލިމްޕިކް ގޭމްސްއަށް ދާނެ ދިވެހި ދެ ފެތުންތެރިން ކަނޑައެޅުނީ ވޯލްޑް އެކުއަޓިކްސް އިން ކަނޑައަޅާފައިވާ ފެތުމުގެ ވަކި މުބާރާތްތަކެއްގައި ވާދަކުރި ދިވެހި ފެތުންތެރިންގެ ތެރެއިން، އެންމެ މަތިން ވޯލްޑް އެކުއަޓިކްސް ސްވިމިންގ ޕޮއިންޓް ލިބިގެން ކަމަށް ވެސް އެސޯސިއޭޝަނުން ވިދާޅުވެއެވެ.


އޮލިމްޕިކްސް ވާދަކުރާނެ ފެތުންތެރިން ކަނޑައަޅުމުގައި ޢަމަލުކުރާނެ އުޞޫލުތަކާއި މިންގަނޑުތައް ކަނޑައަޅަނީ ވޯލްޑް އެކުއަޓިކްސް އިންނެވެ.


ކިޔުންތެރިންގެ ހިޔާލު