އަނަންޔާ ޕާންޑޭ މިހާރުހުރީ ސިންގަލްކޮށް

5 months ago

އޮއިވަރު

ބޮލީވުޑްގެ ރީތި ބަތަލާ އަނަންޔާ ޕާންޑޭ މިހާރުހުރީ ސިންގަލްކޮށް ކަމަށް ރިޕޯޓުތައް ބުނެފިއެވެ.


އިންޑިއާގެ ނޫސްތަކުގައި ބުނެފައިވަނީ އެކްޓަރު އަދިއްތިޔާ ރޯއީ ކަޕޫރު އާއެކު އޮތް ލޯބީގެ ގުޅުން މިހާރުވަނީ ނިމުމަކަށް އައިސްފައި ކަމަށެވެ.


އެގޮތުން އެ ދެމީހުންގެ ދެމެދު ދެއަހަރެއްގައި ދުވަސްވަންދެން އޮތް ލޯބީގެ ގުޅުން ނިމުމަކަށް ގެނައީ ކޮން އިރަކު ކަމެއް ހާމައެއް ނުރެއެވެ. ނަމަވެސް ކުދުކުދި ކުނިބުނި ޖެހިގެން އުޅޭތާ މަހެއްހައި ދުވަސްވެފައިވާ ކަަމަށް ރިޕޯޓުތައް ބުނެއެވެ.


ނޫސްތަކުގައި މިގޮތަށް ރިޕޯޓު ކުރިނަމަވެސް އެއިން އެއްވެސް ތަރިއެއް މިކަމާއިގުޅިގެން މިހައިތަނަށް ބަހެއް ބުނެފައެއް ނުވެއެވެ. އެކަމަކުއެވާހަކަތައް ދޮގެއް ވެސް ނުކުރެއެވެ.


އެ ދެމީހުންގެ ލޯބީގެ ގުޅުން ހުއްޓުމަަކަށް އައިސްފައިވަނީ ވަރަށް އަވަހަށް އެންގޭޖްވެ، ކައިވެނި ކުރުމަށް ތައްޔާރުވަމުން އަންނަކަމުގެ އަޑުތަކެއް ވެސް ފެތުރުނުފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު