ގައުމީ އެއަރލައިން އިން އިތުރު މަތިންދާ ބޯޓެއް ހޯދަނީ

5 months ago

އަފްރާހް

ގައުމީ އެއަރލައިން އިން އިތުރު މަތންދާ ބޯޓެއް ހޯދުމަށް އިއުލާން ކޮށްފިއެވެ.


މޯލްޑިވިއަން ކޮށްފައިވާ އިއުލާނެއްގައި ވަނީ ހޯދަން ބޭނުންވަނީ އޭ 319 ސީއީއޯ ނުވަތަ އޭ 320 ސީއީއޯގެ ބޯޓެއް ކަމަށެވެ. އަދި މި ބޯޓު ހޯދަނީ މިއަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައި ޚިދުމަތް ނެރެވޭވަރަށްކަމަށެވެ.


ތިން އަހަރުގެ މުއްދަތަށް ބޯޓެއް ހޯދަން އިއުލާނުކުރިއިރު، މީގެކުރިން ވެސް އެ ކުންފުނިން ވަނީ ދިގު މުއްދަތަށް ކުއްޔަށް ނަގައިގެން މަތިންދާ ބޯޓުތަކުގައި ހިދުމަތް ދީފައެވެ.


މޯލްޑިވިއަންގެ ފްލީޓަށް އިތުރު ބޯޓުތައް ހޯދައި ހިދުމަތް ފުޅާކުރުމަށް މި ސަރުކާރުން މަސައްކަތް ކުރައްވަމުންގެންދަވާއިރު، މި މެއި ިމަހުގެ 8 ވަނަ ދުވަހު ވެސް ވަނީ އޭޓީއާރު މަރުކާގެ އިތުރު ބޯޓެއް ގެނެސްފައެވެ. މިއީ މޯލްޑިވިއަންގެ ފްލީޓަށް އިތުރުވި ހަތަރު ވަނަ އޭޓީއާރު މަރުކާގެ ބޯޓެވެ.


މޯލްޑިވިއަންގެ ފްލީޓްގައި މިހާރު 25 އެއަރކްރާފްޓް އެބައޮތެވެ. އިތުރު ބޯޓުތައް ހޯދުމުގެ މަސައްކަތްވެސް އެ ކުންފުނިން ދަނީ ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު