ދިވެހި ހައްޖާޖީން މިއަދު ރާއްޖެ އަންނަން ފަށާނެ

3 months ago

އަފްރާހް

ރާއްޖެެއިން މި އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ދިޔަ ދިވެހި ހައްޖުވެރިން ގޮވައިގެން އަންނަ ފުރަތަމަ ފްލައިޓު މިއަދު ރާއްޖެ އަންނާނެއެވެ.


އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ޖިއްދާ އެއަރޕޯޓުން ފްލައިޓް ފުރުމަށް ހަމަޖެހިފައިވަނީ ރާއްޖެގަޑިން މިއަދު ހެނދުނު 7:55 ގައި ކަމަށެވެ. އަދި މި ފްލައިޓުގައި 296 ހައްޖާޖީން އަންނާނެ ކަމަށެވެ.


ރާއްޖެެއިން މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް 1،150 ހައްޖުވެރިން ދިޔަނަމަވެސް އޭގެތެރެއިން އެއް ހައްޖުވެރިއަކު ވަނީ ހައްޖުގެ އަޅުކަން ނުފެށެނީސް ނިޔާވެފައެވެ.


ހައްޖުވެރިން ގޮވައިގެން އަންނަ ދެވަނަ ފްލައިޓު ހުކުރު ދުވަހު އަންނައިރު، ތިން ވަނަ ފްލައިޓު އަންނާނީ ޖުލައި ފުރަތަމަ ދުވަހުއެވެ. އަދި ފަހު ގްރޫޕް އަންނާނީ ޖުލައި ހަތަރު ވަނަ ދުވަހުއެވެ.


މިއަހަރު ރާއްޖެެއިން ދިޔަ ހުރިހައި ހައްޖުވެރިން ވެސް ހައްޖަށް ދިޔައީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ.


ކިޔުންތެރިންގެ ހިޔާލު