ބިލްބޯޑެއް ވެއްޓި 14 މީހުން މަރުވެއްޖެ

5 months ago

އަފްރާހް

އަވަށްޓެރި އިންޑިއާގައި ހަރުކޮށްފައިހުރި ބިލްބޯޑެއް ވެއްޓި 14 މީހުން މަރުވެއްޖެއެވެ.


އެގައުމުގެ ނޫސްތަލުގައި ރިޕޯޓުކޮށްފައިވާގޮތުގައި ވެއްޓިފައިވަނީ މުމްބައިިގެ ޕެޓްރޯލް ސްޓޭޝަނެއްގައި ހަރުކޮށްފައި ހުރި ބިލްބޯޑެއް ކަމަށެވެ. އަދި އެ ހާދިސާގައި 60 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށެވެ.


އެ ބިލްބޯޑު ވެއްޓިފައިވަނީ ހިރަފުގެ ތޫފާނަކާއި ގުޅިގެން ކަމަށް ވެސް ނޫސްތަކުގައި ވެއެވެ.


މީގެއިތުރުން އެ ބޯޑު ހަރުކުރި މީހުންނާއި ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންނާއި ކަމާެއިބެހޭ އިދާރާތައް ކުރަމުންދާ ކަމަށް ވެސް ބުނެއެވެ.


ޕެޓްރޯލް ސްޓޭޝަންގެ ފުރާޅު މައްޗަށް ބިލްބޯޑު ވެއްޓުމުގެ ސަބަބުން އެތަނުގައި ހުރި ކާރާއި ސައިކަލުތަކާއި ބައެއް މީހުން އެ ބޯޑުގެ ދަށުގައި ވަނީ ތާށިވެފައެވެ. އަދި އިންޑިޔާގެ ފުލުހުން ދަނީ ބިލްބޯޑު ދަށު ވެފައިވާ މީހުން ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުންނެވެ.


އިންޑިޔާ އަށް ހިރަފުހުގެ ތޫފާނެއް އައިސް މި މެއި މަހުގެ 13 ވަނަ ދުވަހު ވަނީ ގާތްގަޑަަށް އެއްގަޑިއިރަށް މުމްބައި ގެ ފްލައިޓިތައް ވެސް ކެންސަލްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު