ދޮންކަލޭފާނު ކަޕްގެ އޮންލައިން މީޑިއާ ޕާޓްނަރ އަކަށް 'އޮއިވަރު'

3 months ago

އަފްރާހް

މި ޖޫން މަހުގެ 27 ވާ ބްރާސްފަތި ދުވަހު ފަށާ، ދޮންކަލޭފާނު ކަޕްގެ އޮންލައިން މީޑިއާ ޕާޓްނަރ އަކަށް 'އޮއިވަރު' އޮންލައިން ހަމަޖައްސައިފިއެވެ.


މި މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރގެ ގޮތުގައި 'އޮއިވަރު' ހަމަޖެއްސުމުން މުބާރާތުގެ މެޗުތަކުގެ މައުލޫމާތާއި އެންމެފަހުގެ އަދާހަމަ 'އޮއިވަރު' އިން ގެނެސްދޭނެއެވެ.


އޭޑީކޭ ގްރޫޕްސް އޮފް ކޮމްޕެނީން ބާއްވާ ދޮންކަލޭފާނު ކަޕްގައި ފިރިހެން 9 ޓީމާއި އަންހެން ދެ ޓީމު މިއަހަރުވަނީ ބައިވެރިވެފައެވެ. އަދި ފިރިހެން 9 ޓީމު ވަނީ ދެ ގްރޫޕަށް ބަހައިލާފައެވެ.


އެގޮތުން ގްރޫޕު އޭ ގައި ހިމެނެނީ ޖީޓީ ޔުނައިޓެޑް، އަޓެކްސިއާ، ޓަވަރ ސޮކަރ ޓީމް، ފާރމަސީ އެފްސީ އަދި އޭޑީކޭ ފްރެންޑްސް އެވެ. ގްރޫޕް ބީ ގައި ހިމެނެނީ ޖީޠީ ލަޔަންސް، ކްލަބް އޯޖީ، އޯޖީ ސްކޮޑް އަދި ކަންމަތި ބްރޯސް އެވެ.


އޭޑީކޭ ގައި އުފައްދާފައި އޮންނަ 'އޭޑީކޭ ސިނަރޖީ" އިން އިންތިޒާމުކުރާ މި މުބާރާތުގައި ބައިވެރިފައިވާ ހަމައެކަނި އަންހެން ދެ ޓީމަކީ ފަޔަރ ފްލޭމްސް އާއި ފިސާރި އެވެ. މި ދެޓީމު ކުޅޭނީ މުބާރާތް ފަށާ މެޗާއި ފައިނަލް މެޗުގެ ކުރިން ކުޅޭ މެޗެވެ.


ހެންވޭރު ފުޓްބޯޅަ ދަނޑުގައި ބާއްވާ މި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ނިންމާފައިވަނީ ޖޫން 27 ވަނަ ދުވަހުގެ ހަވީރު 5 ޖަހާއިރުއެވެ. އަދި މުބާރާތް ހުުވުމުގެ ގޮތުން 5:15 ގައި ކުޅޭނީ އަންހެން ދެޓީމު ކަމަށްވާ ފަޔަރ ފްލޭމްސް އާއި ފިސާރި ބައްދަލުކުރާ މެޗެވެ.


މުބާރާތުގެ ގްރޫޕު ސްޓޭޖުގެ މެޗުތައް 27 ވަނަ ދުވަހުގެ ރޭގަނޑާއި 28 ވާ ހުކުރު ދުވަހުގެ ހެނދުނު ކުޅުމަށް ވަނީ ތާވަލުކޮށްފައެވެ. ސެމީ ފައިނަލް މެޗުތަކާއި ފައިނަލް މެޗު ކުޅުމަށް ނިންމާފައިވަނީ ހުކުރު ދުވަހުގެ ހަވީރުއެވެ.


މި މުބާރާތުގައި ބައިވެރިވި ހަމައެކަނި އަންހެން ދެޓީމުގެ މެދުގައި ކުޅޭ ދެވަނަ މެޗު ކުޅޭނީ ހުކުރު ދުވަހުގެ ރޭ 8 ޖަހާއިރުއެވެ. އަދި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ނިންމާފައިވަނީ 9 ޖަހާއިރުއެވެ.


މިއީ އޭޑީކޭ ގްރޫޕްސް އޮފް ކޮމްޕެނީގައި ހިމެނޭ ހުރިހައި ޑިޕާޓްމެންޓުތަކުގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އުފައްދައި، ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިކޮށްދިނުމަށް ބާއްވާ މުބާރާތެކެވެ. އަދި އެކި ޑިޕާޓްމެންޓުތަކުގައި ވަޒީފާ އަދާކުރާ އެންމެން އެއްތާކުން ބައްދަލުވެ، އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުގެ ފުރުސަތު ދިނުމަކީ ވެސް މި މުބާރާތް ބޭއްވުމުގެ މަގްސަދެކެވެ.


މިއީ ފައިބެއަަހަރުގެ އޮކްޓޯބަރު މަހު ވުޖޫދުވި 'އޮއިވަރު' އިން މިފަދަ މުބާޜާތެއްގެ މީޑިއާ ޕާޓްބަރުގެ ގޮތުގައި މަސައްކަތްކުރާ ފުރަތަމަ ފަހަރުވެސް މެއެވެ.


ކިޔުންތެރިންގެ ހިޔާލު