ޓެކްސީ ދަތުރުތަކުގެ އަގަށް ބަދަލު ގެނެސްފި

7 months ago

އަފްރާހް

މާލެ އަދި ހުޅުމާލެ ސަރަހައްދުގައި ޓެކްސީ ދަތުރުތަކުގެ އަގަށް ބަދަލު ގެނެސްފިއެވެ.


ޓްރާންސްޕޯޓު މިނިސްޓްރީން ވިދާޅުވީ ޒޯން އެތެރޭގެ ދަތުރުތައް މާލެ، ހުޅުމާލެ ފޭސް އެކެއް އަދި ދޭކަށް ހަ ސީޓަށްވުރެ ދަށުގެ އުޅަނދު ތަކަށް -/30 ރުފިޔާ ނަގާއިރު، 7 ސީޓާއި 10 ސީޓާއި ދެމެދުގެ އުޅަނދުތަކަށް ނަގާނީ -/45 ރުފިޔާ ކަމަށެވެެ.


މި އަގުތަކަށް ޢަމަލުކުރަން ފަށާނީ މިހިނގާ މެއި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ކަމަށް ވެސް ވިދާޅުވިއެވެ.


މާލެ އިން 6 ސީޓަށްވުރެ ދަށުގެ އުޅަނދުތަކުން:

• ހުޅުމާލެ ފޭސް 1: -/85 ރުފިޔާ

• ހުޅުމާލެ ފޭސް 2: -/100 ރުފިޔާ

• އެއާޕޯޓު: -/70 ރުފިޔާ

މާލެ އިން 7 ސީޓާއި 10 ސީޓާ ދެމެދު އުޅަނދުތަކުން:

• ހުޅުމާލެ ފޭސް 1: -/130 ރުފިޔާ

• ހުޅުމާލެ ފޭސް 2: -/155 ރުފިޔާ

• އެއަރޕޯޓު: -/110 ރުފިޔާ


މީގެއިތުރުން ހުޅުމާލެ ފޭސް އެކަކުން ދޭކަށް 6 ސީޓަށްވުރެ ދަށުގެ އުޅަނދުތަކުން 40 ރުފިޔާ ނަގާއިރު، 7 ސީޓާއި 10 ސީޓާ ދެމެދު އުޅަނދުތަކުން ނެގުމަށް ހަމަޖައްސާފައިވަނީ 60 ރުފިޔާއެވެ. އަދި ހުޅުމާލެ ފޭސް އެކަކުން އެއަރޕޯޓަށް 6 ސީޓަށްވުރެ ދަށުގެ އުޅަނދުތަކުން 80 ރުފިޔާ ނަގާއޮރު، ހަތް ސީޓާއި 10 ސީޓާ ދެމެދުގެ އުޅަނދުތަކުން ދެން ނަގާނީ 125 ރުފިޔާއެވެ.


ޓްރާންސްޕޯޓު މިނިސްޓްރީން ވިދާޅުވީ ހުޅުމާލެ ފޭސް ދޭކުން 6 ސީޓަށްވުރެ ދަށުގެ އުޅަނދުތަކުން އެއަރޕޯޓަށް 85 ރުފިޔާ އަދި ހަތް ސީޓާއި 10 ސީޓުގެ އުޅަނދުތަކުން 130 ރުފިޔާ ނެގުމަށް ނިންމާފައިވާ ކަމަށެވެ.


އެ މިނިސްޓްރީން އިތުރަށް ވިދާޅުވީ ޓެކްސީއަށް އަރުވާ ލަގެޖްގެ ތެރެއިން ތިން ލަގެޖަށް ވުރެ އިތުރުވާ ކޮންމެ ލަގެޖަކަށް ފަސް ރުފިޔާ ނަގާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު