ރާއްޖެ ޕްރޮމޯޓު ކުރުމުގައި ނިކީ މެހެރާ

5 months ago

އަފްރާހް

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ފެމިލިއަރައިޒޭޝަންގެ ދަތުރެއްގައި އިންޑިއާގެ އިންފްލުއެންޒަރ ނިކީ މެހެރާ ރާއްޖެ ޕްރޮމޯޓު ކޮށްފިއެވެ.


މި މެއި މަހުގެ 3 ން 6 އަށް ކުރި މި ދަތުރުގައި އޭނާ ހުރީ ސަނީ ސައިޑް އޮފް ލައިފް ރިސޯޓުގައެވެ.


މި ދަތުރުގައި ނިކީ ވަނީ ރާއްޖޭގައި ހޭދަކުރި ލަގްޒަރީ ތަންތަނާއި ރޮމޭންޓިކް މަންޒިލްތަކުގެ ފޮޓޯ މީސްމީޑިއާގައި ހިއްސާ ކޮށްފައިވާއިރު، ނިކީ އަކީ ބައި މިލިއަނަށްވުރެ ގިނަ މީހުން ފޮލޯކުރާ ފަންނާނެކެވެ.


އެމްއެމްޕީއާރްސީން ވިދާޅުވީ ނިކީގެ މި ދަތުރުގެ ސަބަބުން އެ ކުންފުނީގެ ލަގްޒަރީ ޓްރެވެލް ސެގްމަންޓާއި ހަނީމޫން މާކެޓުގައި ކުރިއެރުން ލިބިގެންދާނެ ދަތުރެއް ކަމަށެވެ. އަދި މި ދަތުރުގައި އޭނާ ވަނީ ރާއްޖެ އަކީ އިންޑިއާގެ ދަތުރުވެރިންނަށް އެންމެ ބޮޑު ހަނީމޫން ޑެސްޓިނޭޝަނެއްގެ ގޮތުގައި ދައްކައިދީފައި ކަމަށެވެ.


މެއި މަހުގެ 13 ވަނަ ދުވަހާއި ހަމައަށް އެގައުމުން ވަނީ 46,970 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.


ކިޔުންތެރިންގެ ހިޔާލު