ދޮންކަލޭފާނު ކަޕް ފަށައިފި – ފުރަތަމަ ދުވަހު ވެސް ފޯރިގަދަ މެޗުތަކެއް

3 months ago

އަފްރާހް

އޭޑީކޭ ގްރޫޕްސް އޮފް ކޮމްޕެނީގެ ހުރިހައި ޑިޕާޓްމެންޓުތަކަށް ހުޅުވާލައިގެން ބާއްވާ ދޮންކަލޭފާނު ކަޕް ފަށައިފިއެވެ.


ޖޫން 27 ވީ ބްރާސްފަތި ދުވަހު ގަވީރު 5 ޖެހިއިރު، ހެންވޭރު ފުޓްބޯޅަ ދަނޑުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި މުބާރާތް ފައްޓަވައިދެއްވީ އޭޑީކޭ ގްރޫޕްސް އޮފް ކޮމްޕެނީގެ ޗެއަރމަން އަހްމަދު ނާޝިދު (އޭޑީކޭ) ނާޝިދެވެ.


މި މުބާރާތް ހުޅުވުމުގެ މުބާރާތް ހުޅުވުމުގެ ގޮތުން 5:15 ގައި ކުޅެފައިވަނީ މުވާރާތުގައި ބައިވެރިވި އަންހެން ދެޓީމު ކަމަށްވާ ފަޔަރ ފްލޭމްސް އާއި ފިސާރި އެވެ. ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގައި ދެޓީމަށް ވެސް ލަނޑުޖަހާނެ ގިނަ ފުރުސަތެއް ލިބުނުއިރު، މި މެޗު 0-1 ލަނޑުން ކާމިޔާބުކުރީ ފިސާރި ޓީމެވެ.


މި މެޗުގެ ޕްލޭޔަރ އޮފް ދަ މެޗުގެ މަގާމު ހޯދީ މެޗުގައި ހަމައެކަނި ގޯލު ޖަހައިދިން ފިސާރި ޓީމުގެ ހަލީމަތު ޝިފާނާއެވެ.


މި މެޗުގެ އިތުރުން ފިރިހެން ޓީމުތަކުގެ ބައެއް މެޗުތައް ވެސް ވަނީ ކުޅެފައެވެ. އެގޮތުން ޖީޓީ ޔުނައިޓެޑާއި އޭޑީކެ ފްރެންޑްސް ބައްދަލުކުރި މެޗު ވާދަވެރި ކުރިމަތިލުމަކަށްފަހު، 3 ލަނޑު 2 ލަނޑުން ކާމިޔާބުކުރީ ޖީޓީ ޔުނައިޓެޑެވެ. ޕްލޭޔަރ އޮފް ދަ މެޗަކަށް ހޮވުނީ ޖީޓީޔޫގެ މުހައްމަދު ފައުޒާން އެވެ.


މީގެއިތުރުން ޓަވަރ ސޮކަރ ޓީމާއި އަޓެކްސިއާ 47 ޕްލަސް ބައްދަލުކުރި މެޗު 0-7 ލަނޑުން ޓަވަރ ކާމިޔާބުކުރިއިރު، ޕްލޭޔަރ އޮފް ދަ މެޗުގެ މަގާމަށް ހޮވުނީ ޓަވަރ ގެ ސައީދު އަހްމަދު އެވެ. އަދި ކްލަބް އޯޖީ އާއި އޯޖީ ސްކޮޑު ބައްދަލުކޮށް 3 ލަނޑު 1 ލަނޑުން ކްލަބު އޯޖީ ކާމިޔާބުކުރި މެޗުގެ ޕްލޭޔަރ އޮފް ދަ މެޗަކަށް ހޮވުނީ އިބްރާހިމް ރިޔާޒުއެވެ.


މި މުބާރާތުގައި ޖީޓީ ލަޔަންސް އާއި ކަންމަތި ބްރޯސް ވާދަކޮށް ފަސޭހަކަމާއެކު 0-7 ލަނޑުން ކާމިޔާބު ކުރީ ކަންމަތި ބްރޯސްއެވެ. ޕްލޭޔަރ އޮފް ދަ މެޗަކަށް ހޮވުނީ އިސްހާގު އީސާ އެވެ. އަދި ފާރމަ އެފްސީ އާއި އޭޑީކޭ ފްރެންޑްސް މެޗު 0-6 ލަނޑުން ފާރމާ އެފްސީ ކާމިޔާބުކުރިއިރު، ޕްލޭޔަރ އޮފް ދަ މެޗުގެ މަގާމު ހޯދީ އަމީރު ހުސައިން އެވެ.


މިއަހަރުގެ ދޮންކަލޭފާނު ކަޕްގައި ފިރިހެން 9 ޓީމާއި އަންހެން ދެ ޓީމު މިއަހަރުވަނީ ބައިވެރިވެފައެވެ. އަދި ފިރިހެން 9 ޓީމު ވަނީ ދެ ގްރޫޕަށް ބަހައިލާފައެވެ.


މި މުބާރާތުގެ ގްރޫޕު ސްޓޭޖުގެ ބައެއް މެޗުތައް ޖޫން 28 ވާ ހުކުރު ދުވަހުގެ ހެނދުނު ވެސް ކުޅުމަށް ވަނީ ތާވަލުކޮށްފައެވެ.


ސެމީ ފައިނަލް މެޗުތަކާއި ފައިނަލް މެޗު ހުކުރު ދުވަހުގެ ހަވީރު ކުޅުމަށް ހަމަޖައްސާފައިވާއިރު، އަންހެން ދެޓީމުގެ މެދުގައި ކުޅޭ ދެވަނަ މެޗު ކުޅޭނީ ހުކުރު ދުވަހުގެ ރޭ 8 ޖަހާއިރުއެވެ. އަދި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ނިންމާފައިވަނީ 9 ޖަހާއިރުއެވެ.


މިއީ އޭޑީކޭ ގްރޫޕްސް އޮފް ކޮމްޕެނީގައި ހިމެނޭ ހުރިހައި ޑިޕާޓްމެންޓުތަކުގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އުފައްދައި، ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިކޮށްދިނުމަށް ބާއްވާ މުބާރާތެކެވެ. އަދި އެކި ޑިޕާޓްމެންޓުތަކުގައި ވަޒީފާ އަދާކުރާ އެންމެން އެއްތާކުން ބައްދަލުވެ، އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުގެ ފުރުސަތު ދިނުމަކީ ވެސް މި މުބާރާތް ބޭއްވުމުގެ މަގްސަދެކެވެ.


ކިޔުންތެރިންގެ ހިޔާލު