ކަމަނަ، އޮގަސްޓް މަހު އޮލިމްޕަހަށް، ފުރަތަމަ ޕޯސްޓަރު ދައްކާލައިފި

3 months ago

އަފްރާހް

ކިޑް ޕްރޮޑަކްޝަންއާއި ސެޓަރން ސްޓޫޑިއޯ އިން ގެނެސްދޭ "ކަމަނަ" ފިލްމު އޮގަސްޓް މަހު އޮލިމްޕަހުގައި ދައްކަން ފެށުމަށް ނިންމައިފިއެވެ.


މިއީ "އަނިޔާކުރުމާ އަހަރެން ދެކޮޅު" ނަމުގައި ކުރިޔަށްގެންދާ ކެމްޕެއިނުފެ ދަށުން ގެނެސްެދޭ ފިލްމެކެވެ.


ގެވެށި އަނިޔާގެ ޝިކާރައަކަށްވި ޒުވާން އަންހެނެއްގެ ހަޔާތުގެ މައްޗަށް ލިޔެފައިވާ ހަގީގީ ވާހަކައަކަށް އުފައްދާފައިވާ މި ފިލްމުގެ ޕްރޮޑިސަރުންނަކީ ފިލްމު "ލޯބިވެވިއްޖެ" ގެ ޕްރޮޑިއުސަރ ޝާނިޒް އަލީ އާއި ހުސެން މުނައްވަރެވެ.


މި ފިލްމުގައި އަންބެއްގެ ކެތްތެރިކަމާއި ރާއްޖޭގައި ގެވެށި އަނިޔާ ގޮސްފައި އޮތް ބިރުވެރި މިންވަރު ފެނިގެންދާނެ ކަމަށް ވަނީ ބުނެފައެވެ.


މި ފިލްމުގެ ވާހަކަ ލިޔެފައިވަނީ ރިޝްފާ އަބްދުލްސަމަދެވެ. ސްކްރީން ޕްލޭ ލިޔުނީ މަހުދީ އަހުމަދެވެ. ޑައިރެކްޓަރަކީ ހުސެން މުނައްވަރެވެ.


'ކަމަނަ' ގެ ފުރަތަމަ ޕޯސްޓަރު މި މަހުގެ 27 ވީ ބްރާސްފަތި ދުވަހު އާންމުކޮށްފައިވާއިރު، މި ފިލްމުގެ ލީޑުން ފެނިގެންދާ މަރިޔަމް އައްޒަ ފެންނަނީ ވަރަށް ތަފާތުކޮށްނެވެ. އާންމުކޮށް ހުންނަ ބައްޓަަށް ބޮޑު ބަދަލެއް ގެނެސްފައިވާކަން ފާހަގަވާއިރު، ޕްރޮޑަކްޝަން ޓީމުން ވެސް ބުނީ ފިލްމުގެ އެންމެ ހާއްސަ ކަމަކީ އައްޒަގެ ރޯލަށް ތައްޔާރުވުމަް ހަށިގަނޑަށް ގެންނަންޖެހުނު ބަދަލު ކަމަށެވެ.


އެހެންކަމުން މިއީ ތަފާތު ޖޯންރާއެއްގެ ފިލްމަކަށް ވާނެކަމަށް ބެލެވެއެވެ. އަދި މުޖުތަމައަށް ރަނގަޅު މެސެޖެއް ލިބޭނެކަމުގެ އުއްމީދު ވެސް ބޮޑެވެ.


ކިޔުންތެރިންގެ ހިޔާލު