ތަށި ދިފާއު ނުކުރެވި އިޓަލީ ރަށަށް، ޖަރުމަން ކްއާޓަރ އަށް

3 months ago

އަފްރާހް

މިހާރުކުރިއަށް ދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ނޮކްއައުޓް ބުރުގައި ރޭ ސްވިޒަލެންޑުން އިޓަލީގެ މައްޗަށް ކުރި ހޯދައި، އިޓަލީ ރޮއްވާލައިފިއެވެ.


މި މެޗު 2-0 ގެ ނަތީޖާއަކުން ސްވިޒަލޭންޑު ކާމިޔާބުކުރިއިރު، މެޗުގެ 37 ވަނަ މިނެޓުގައި ސްވިޓްޒަލެންޑުން ވަނީ ގޯލުޖަހައި މެޗުގެ ލީޑުނަގާފައެވެ. މިއީ ރުބެން ވާގަސް ނެގި ހުރަހަކުން ރެމޯ ފްރެއުލާ ޖެހިގޯލެކެވެ.


ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި ސްވިޒަލެންޑުން ވަނީ އިތުރު ގޯލެއްޖަހައި، ތަށި ދިފާއު ކުރުމަށް ނުކުތް އިޓަލީ ހާސްކޮށްލާފައެވެ. މިއީ ވާގަސް ފޮނުވާލި ހަމަލާ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެން ޖެހި ގޯލެކެވެ.


މިފަހަރު ކުއާޓަރގައި އެ ޓީމު ޖެހޭނީ ނޮކްއައުޓް ބުރުގައި އިންގްލެންޑާއި ސްލޮވާކިއާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ ބައްދަލުކުރާށެވެ.


މީގެއިތުރުން ޖަރުމަނާއި ޑެންމާކު ބައްދަލުކުރި މެޗު ޖަރުމަނުން ކާމިޔާބުކުރީ ވެސް 0-2 ލަނޑުންނެވެ.


އެ މެޗުގެ ދެވަނަ މިނެޓުގައި ޖާމަނީން ވަނީ ގޯލެއްޖަހައިފައެވެ. ޓޯނީ ކްރޫޒް ނެގި ކޯނަރަކުން ނިކޯ ސްކޮލާޓާބެކް ބޮލުން ގޯލަށް ފޮނުވާލިއެވެ. ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) ބެލުމަށަފަހު ރެފްރީ ނިންމީ އެ ބޯޅަ ސްކޮލަޓާބެކް ފޮނުވާލިއިރު، އިލްކާ ގުންޑުގަން އޮފްސައިޑް މަގާމެއްގައި ހުރެ ކީޕަރަށް ހުރަސް އެޅިކަމަށެވެ.


ޖަރުމަނުން މެޗުގެ ލީޑު ނެގީ 52 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. ހަވާޓްޒްގެ މި ގޯލަށްފަހު، 68 ވަމަ މިނެޓުގައި ޖަރުމަނުން ވަނީ ޖަމާލް މުސިއާލާގެ ގޯލުން ވަނީ ލީޑި ފުޅާކޮށްފައެވެ.


މި މެޗުން މޮޅުވުމުން ކުއާޓަރގައި އެޓީމު ކުޅެންޖެހޭނީ ސްޕެއިންއާއި ޖޯޖިއާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.


ކިޔުންތެރިންގެ ހިޔާލު