މާލޭގައި ފެން ބޮޑުވުމުގެ މައްސަލަ ހައްލު ކުރުމުގެ މަޝްރޫއު އިފްތިތާހު ކޮށްފި

5 months ago

އޮއިވަރު

މާލެއަށް ދިމާވެފައިވާ ފެން ބޮޑުވުމުގެ މައްސަލަ ޙައްލު ކުރުމުގެ މަޝްރޫޢު ފެށުން އިފްތިތާހު ކޮށްފިއެވެ.


މި މަޝްރޫޢުގެ އިފްތިތާހު ކޮށްދެއްވީ އެކަމަށްޓަކައި ވެސްޓްޕާކް ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫންއެވެ.


މި ރަސްމިއްޔާތުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު އާއި އިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް އާއި އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ ބްްރިގޭޑިއަރ ޖެނެރަލް (ރިޓަޔަޑް) އަލީ ޒުހައިރުގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ޢަސްކަރިއްޔާ އިސްބޭފުޅުންނާއި ސަރުކާރު އިސް ފަރާތްތައް ބައިވެރިވެ ވަޑައިގަތެވެ.


މި މަޝްރޫއަކީ ދިފާޢީ ވުޒާރާއިން އާރުޑީސީއާ ހަވާލުކޮށްގެން އަދި އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާގެ އެއްބާރުލުމާއެކު ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫޢުގެ ދަށުން ވެސްޓްޕާކް ސަރަޙައްދުގައި އުފެދޭ ފެން ބޭރުކުރުމަށް ހަރުކުރަންޖެހޭ ވަޞީލަތްތައް ހަރުކުރާނެކަމަށެވެ.


މީގެއިތުރުން އެނޫން ވެސް ސަރަހައްދުތަކުގައި އެ މަސައްކަތްތައް ކުރެވޭނެ ކަަމަށް އާރްޑީސީން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު