ޕޯޗުގަލް ކްއާޓަރ އަށް، ހުރިހައި ޝުކުރެއް ކީޕަރަށް

3 months ago

އަފްރާހް

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ރައުންޑް އޮފް ސިކްސްޓީން ގައި ރޭ ކުޅުނު މެޗު ޕޯޗުގަލުން ކާމިޔާބުކޮށް ކްއާޓަރ ފައިނަލަށް ދަތުރުކޮށްފިއެވެ.


ސްލޮވީނިއާ އާއި ބައްދަލުކުރި މެޗު އެ ޓީމުން ކާމިޔާބުކުރީ ޕެނަލްޓީ ޝޫޓްއައުޓުގައި 0-3 ލަނޑުން ނެވެ.


މެޗުގެ ފުރިހަމަ ވަގުތާއި ނަތީޖާ ނެރުމަށް ކުޅުނު އިތުރުވަގުތުގެ 15 މިނެޓުގެ ދެ ހާފުގައި ވެސް އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ކުރެވިފައި ނުވެއެވެ.


އެހެންކަމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ޝޫޓްއައުޓުގައި ސްލޮވީނިޔާ އިން ޖެހި ތިން ޕެނަލްޓީ ވެސް ޕޯޗްގަލް ކީޕަރު ޑިއޯގޯ ކޮސްޓާ ވަނީ މަތަ ކޮށްފައެވެ. ސްލޮވީނިޔާގެގ ޕެނަލްޓީތައް ކާމިޔާބުކުރީ ޖޯސިޕް އިލިސިކް، ބަލްކޮވެޗް، އަދި ބެންޖަމިން ވާބިކް އެވެ.


ޕޯޗްގަލުން ޖެހި ތިން ޕެނަލްޓީ ވެސް ކާމިޔާބު ކުރިއިރު، ނަތީޖާ ނެރުމަށް ކުޅުނު ފަނަރަ މިނެޓުގެ ފުރަތަމަ ހާފް ނިމެނިކޮށް ޕޯޗްގަލަށް ލިބުނު ޕެނަލްޓީ ކެޕްޓަން ރޮނަލްޑޯ އަތުން ނާކާމިޔާބު ވިޔަސް އޭނާ ވަނީ ޕެނަލްޓީ ޝޫޓް އައުޓްގައި އިސްނަގާ، ފުރަތަމަ ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. އެޓީމުގެ ދެވަނަ ދެވަނަ ޕެނަލްޓީ ބުރޫނޯ ފެނާންޑޭޒް ކާމިޔާބުކުރިއިރު، ތިންވަނަ ޕެނަލްޓީ ކާމިޔާބުކޮށް ކްއާޓަރގެ ޖާގަ ޔަގީންކޮށްދިނީ ބާނާޑޯ ސިލްވާ އެވެ.


ކްއާޓަރ ފައިނަލްގައި ޕޯޗްގަލް ވާދަކުރަން ޖެހޭނީ ފްރާންސާއެވެ.


ކިޔުންތެރިންގެ ހިޔާލު