ފްރާންސަށް ކްއާޓަރ އަށް ދެވުނީ ބެލްޖިއަމް ޖެހި ލަނޑުން

3 months ago

އަފްރާހް

މިހާރުކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ފްރާންސުން ކްއާޓަރ ފައިނަލުގެ ޖާގައެއް ޔަގީންކޮށްފިއެވެ.


އެޓީމުން މި ޖާގަ ޔަގީންކުރީ ރޭ ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ނިމެން ދަނިކޮށް ބެލްޖިއަމްގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ.


ދެ ހާފުގައި ވެސް މޮޅަށް ކުޅެ، މެޗު ޑޮމިނޭޓު ކުރީ ފްރާންސުންނެވެ. އެކަމަކު ނަތީޖާއަށް ބަދަލެއް ގެނެވޭގޮތް ވަނީ ނުވެފައެވެ. މި މެޗުގައި ދެ ޓީމުން ވެސް ހަމަލާތައް ވަނީ އުފައްދައި، އިދިކޮޅު ގޯލަށް ނުރައްކާ ކޮށްފައެވެ. ނަމަވެސް ނަތީޖާ އަނބުރާލެވޭ ގޮތް ވަނީ ނުވެފައެވެ.


އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވި މެޗު ނިމެންދަނިކޮށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މުއާނީ ޕެނަލްޓީ އޭރިޔާ ތެރެއިން ގޯލުގެ ދުރުކަނަށް ފޮނުވާލި ބޯޅަ ގޯލަށް ވަނީ ބެލްޖިއަމްގެ ޑިފެންޑަރ ވެޓޮންގަން ފައިގަ ޖެހިފައެވެ.


ކްއާޓަރ ފައިނަލްގައި ފްރާންސް ވާދަކުރަން ޖެހޭނީ ޕޯޗްގަލް އާއެވެ.


ކިޔުންތެރިންގެ ހިޔާލު