މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑޭނެ

5 months ago

އަފްރާހް

މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑޭނެ ކަމަށް ސްޓެލްކޯ އިން ވިދާޅުވެއްޖެއެވެ.


އެ ކުންފުނިން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކަރަންޓުގެ ހިދުމަތް ކެނޑޭނީ ހަވީރު 4 ން 4:30 އަށް ކަމަށެވެ.


ކަރަންޓު ކަނޑާލަނީ މާލޭގެ ބޮޑުތަކުރުފާނު މަގުގައި ހުންނަ ހުޅުމާލޭ ފެރީޓަރމިނަލް ސަރަހައްދުގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް ކުރުމަށް ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.


ސްޓެލްކޯ އިން ވިދާޅުވީ މި މަސައްކަތް ކުރިއަށްދާ ވަގުތު އެ ސަރަހައްދުން ކަރަންޓުގެ ހިދުމަތް މެދުކެމިނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދޭކަމަށް ވެސް ސްޓެލްކޯ އިން ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު