16 އަހަރަށްފަހު ނެދަލޭންޑްސް، ޔޫރޯގެ ކްއާޓަރ އަށް

3 months ago

އަފްރާހް

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކްއާޓަރ ފައިނަލަށް ތުރުކީ އާއި ނެދަލޭންޑްސް ހިނގައްޖެއެވެ.


މި ޓީމު ކްއާޓަރ އަށް ދިޔައީ ރޭ ކުޅުނު ރައުންޑް އޮފް ސިކްސްޓީންގެ މެޗުތައް ކާމިޔާބުކޮށްގެންނެވެ.


އެގޮތުން ރޮމޭނިޔާ އާއި ނެދަލެންޑްސް ބައްދަލުކުރި މެޗު 3-0 ލަނޑުން ކާމިޔާބުކުރީ ނެދަލޭންޑްސް އެވެ.


މެޗުގެ ފުރަތަމަ ލަނޑު 20 ވަނަ މިނެޓުގައި ޖެހީ ގަކްޕޯ އެވެ. ދެވަނަ ލަނޑު 83 ވަނަ މިނެޓުގައި ޖެހީ މަލެން އެވެ.


16 އަހަރަށް ފަހު، ނެދަލޭންޑްސް އިން ކްއާޓަރ ފައިނަލުގެ ޖާގައެއް ހޯދިއިރު، ކްއާޓަރގައި އެ ޓީމު ބައްދަލުކުރަން ޖެހޭނީ ތުރުކީއާ އެވެ.


ކިޔުންތެރިންގެ ހިޔާލު