5 months ago
މިހާރުކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކްއާޓަރ ފައިނަލުން ތުުރުކީ ޖާގަ ހޯދައިފިއެވެ.
އޮސްޓްރިއާ އާއި ވާދަކޮށް ތުރުކީން ކްއާޓަރ އަށް ދިޔައީ 2 ލަނޑު 1 ލަނޑުން ރައުންޑް އޮފް ސިކްސްޓީންގެ މެޗު ކާމިޔާބުކޮށްގެންނެވެ.
ތުރުކީގެ ދެ ލަނޑު ވެސް، ޖަހައިދިނީ ސެންޓްރަލް ޑިފެންޑަރ މެރިހް ދެމިރާލް އެވެ. އެއީ ދެވަނަ ހާފުގެ 57 ވަނަ ސިކުންތާއި 60 ވަނަ މިނެޓުގައެެވެ.
ތުރުކީން ދެ ލަނޑު ޖެހި ފަހުން، އޮސްޓްރިއާގެ ހަމައެކަނި ލަނޑު 66 މިނެޓުގައި ޖެހީ ގްރެގޮރިޗް އެވެ.
2008 ވަނަ އަހަރަށްފަހު، ކްއާޓަރ އަށް ދަތުރުކުރި ތުރުކީ އަށް ވާދަކުރަން ޖެހޭނީ ނެދަލެންޑްސްއާއެވެ.