ޔޫރޯ 2024: ގަދަ 4 ގެ ފުރަތަމަ ޖާގަ ސްޕެއިނަށް

5 months ago

އަފްރާހް

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލުގެ ފުރަތަމަ ޖާގަ ސްޕެއިން ކަށަވަރުކޮށްފިއެވެ.


އެޓީމުން މިޖާގަ ކަށަވަރުކުރީ ކްއާޓަރ ފައިނަލުގެ ފުރަތަމަ މެޗުގައި ޖަރުމަނާއި ވާދަކޮށް 2 ލަނޑު 1 ލަނޑުން މޮޅުވެގެންނެވެ.


މުބާރާތް ބާއްވާ ގައުމު ކަމުގައިވާ ޖަރުމަނާއި ދެކޮޅަށް ކުޅުނު މި މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު، 1-1 ން ދެޓީމު އޮތީ އެއްވަރުވެފައެވެ.


މެޗުގައި ފުރަތަމަ ލަނޑު ޖަހާ ސްޕެއިނުން ކުރިހޯދިއިރު، މިއީ ޑެނީ އޮލްމޯ ޖަހައިދިން ގޯލެކެވެ. ޖަރުމަނުން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައިވަނިކޮށް ފްލޯރިއަން ވިއެޓްޒް އެވެ.


ސްޕެއިނުން ސެމީފައިނަލް ޔަގީން ކުރީ ނަތީޖާ ނެރުމަށް ކުޅުނު 15 މިނިޓްގެ ދެހާފުގެ ތެރެއިން ދެވަނަ ހާފް ނިމެނިކޮށް، މެޗުގެ 80 ވަނަ މިނެޓުގައި ކުޅެން އެރި މެރީނޯ އެވެ.


ސްޕެއިން ސެމީފައިނަލުގެ ފުރަތަމަ ޖާގަ ޔަގީންކޯށްފައި މިވަނީ މުބާރާތުގައި ކުޅުނު ހުރިހައި މެޗަކުން މޮޅުވެގެންނެވެ.


ސެމީފައިނަލުގައި ސްޕެއިން ވާދަކުރަން ޖެހޭނީ ޕޯޗްގަލް އާއި ފްރާންސް ވާދަކޮށް މޮޅުވާ ޓީމަކާއެވެ.


ކިޔުންތެރިންގެ ހިޔާލު