7 months ago
ޕެރިސް އޮލިމްޕިކްސް 2024 ގެ ދެކުނު އޭޝިއާ ގައުމުތަކުގެ ޓޭބަލް ޓެނިސް ކޮލިފިކޭޝަންގެ ފައިނަލުން ރާއްޖޭގެ ޒުވާން ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ޖާގަ ހޯދައިފިއެވެ.
ނޭޕާލުގެ ކަތަމަންޑޫގައި ކުރިއަށްދާ މި މުބާރާތުގެ ފައިނަލުން ދީމާ ޖާގަހޯދީ، ސެމީ ފައިނަލް މެޗުގައި ސްރީލަންކާގެ އިޝާރާ މަދުރަންގީ 4 ސެޓް 1 ސެޓުން ބަލިކޮށްފައެވެ.
ފައިނަލުގައި ދީމާ ވާދަކުރަންޖެހޭނީ ވެސް ލަންކާގެ ކުޅުންތެރިއެއް ކަަމަށްވާ ބިމާންޑީ ބަންޑާރައާ އެވެ. ބިމާންޑީ ފައިނަލަށް ދިޔައީ ސެމީ ފައިނަލް މެޗުގައި 4-1 އިން ނޭޕާލުގެ އިވާނާ ތާޕާ ބަލިކޮށްފައެވެ.
ޓީޓީގައި ރާއްޖޭގައި އުފުދުނު އެންމެހުނަރުވެރި އެއް ކުޅުންތެރިޔާ ކަމުގައިވާ ދީމާ ވަނީ ގްރޫޕް ސްޓޭޖުގައި ބިމާންޑީއާ ދެކޮޅަށް ކުޅެ، 4-3 ސެޓުން ކާމިޔާބު ހޯދާފައެވެ.
ނޭޕާލްގައި ކުރިއަށްދާ އޮލިމްޕިކްސް ދެކުނު އޭޝިއާ ކޮލިފިކޭޝަންގައި ރާއްޖޭގެ ހަތަރު ކުޅުންތެރިން ވާދަކުރިއެވެ. އެއީ އަންހެން ދެ އެތުލީޓުންނާއި ފިރިހެން ދެ އެތުލީޓުންނެވެ. ފިރިހެން ދެ އެތުލީޓުން ކަމަށްވާ މޫސާ މުންސިފް އަހުމަދު އަދި އަހްޔާރު އަހުމަދު ވަނީ ގްރޫޕް ސްޓޭޖުން ކަޓާފައެވެ.