ޔޫރޯ 2024: ގަދަހިފުމަކަށްފަހު ސެމީގެ ދެވަނަ ޖާގަ ފްރާންސަށް

5 months ago

އަފްރާހް

މިހާރުކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލުގެ ދެވަނަ ޖާގަ ފްރާންސުން ހޯދައިފިއެވެ.


އެޓީމުން މި ޖާގަހޯދީ ކްއާޓަރ ފައިނަލުގެ ދެވަނަ މެޗުގައި ޕޯޗުގަލްއާއި ވާދަކޮށްގެންވެ. މި މެޗުގެ ފުރިހަމަ ވަގުތުހަމަވިއިރު، އެއްވެސް ޓީމަކަށް ގޯލެއް ޖެހިފައިނުވާތީ، ނަތީޖާ ނެރުމަށް ވަނީ 15 މިނެޓުގެ ދެ ހާފު ކުޅެފައެވެ.


އެހެންނަމަވެސް އެއްވެސް ޓީމަކަސް ލަނޑުބޯޑުން ސުމެއް ކަނޑުވާލެވިފައިނުވާތީ ޕެނަލްޓީ ޝޫޓްއައުޓަކަށް ގޮސްގެން ފްރާންސް މެޗު ކާމިޔާކުރީ އެޓީމުން ޖެހި ފަސް ޕެނަލްޓީ ވެސް ކާމިޔާކޮށް، 5-4 ގެ ނަތީޖާއަކުންނެވެ.


ޕޯޗުގަލްގެ ފަސް ޕެނަލްޓީގެ ތެރެއިން ކާމިޔާބުކުރެވުނީ 4 ޕެނަލްޓީއެެވެ.


ސެމީފައިނަލުގައި ފްރާންސް ބައްދަލުކުރަން ޖެހޭނީ ކްއާޓަރ ފައިނަލުގެ ފުރަތަމަ މެޗުގައި މުބާރާތް ބާއްވާ ގައުމު، ޖަރުމަން ބަލިކޮށް ސެމީގެ ފުރަތަމަ ޖާގަ ހޯދި ސްޕެއިން އާއެވެ.


ކިޔުންތެރިންގެ ހިޔާލު