5 months ago
އީރާނަށް އައު ރައީސަކު އިންތިހާބުކޮށްފިއެވެ.
އެގައުމުގެ އައު ރައީސްގެ މަގާމަށް އިންތިހާބުކޮށްފައިވަނީ މަސްއޫދު ޕެޒެޝްކިއަން އެވެ. މަސްއޫދު ކުރިހޯއްދަވާފައިވަނީ ހަރުކަށި ކޮންޒަވޭޓިވް ސައީދު ޖަލީލީގެ މައްޗަށެވެ.
ބޭރުގެ ޚަބަރުތައް ބުނާގޮތުން ޕެޒެޝްކިއަން މިހާރުވަނީ އިންތިހާބު ކާމިޔާބުކުރައްވާފައެވެ.
އެހެންކަމުން މީސްމީޑިއާގައި އެކިފަރާތްތަކުން މިހާރުއަންނަނީ އެމަނިކުފާނަށް މަރުހަބާ ކިޔަމުންނެވެ. އަދި ޕެޒެޝްކިއަންގެ ސަޕޯޓަރުން ވެސް ގެންދަނީ އުފާފާޅުކުރަމުންނެވެ.
އީރާނަށް އައު ރައީސަކު އިންތިހާބުކޮށްފައިމިވަނީ އެގައުމުގެ ރައީސް އިބްރާހިމް ރައިސީ އަވަހާރަވުމާ ގުޅިގެންނެވެ. އެމަނިކުފާނު އަވަހާރަވީ އެމަނިކުފާނާއި އެގައުމުގެ އިސްބައެއް އޮފިޝަލުން ދަތުރުކުރެއްވި ހެލިކޮޕްޓަރު މިދިޔަ މެއި މަހު ވެއްޓި، ހިނގި ހިތާމަވެރި ހާދިސާގައެވެ. އެއީ މިދިޔަ މެއި މަހުއެވެ.
އީރާންގެ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލާފައި ވަނީ ވޯޓުލުމުގެ ހައްގު ލިބިގެންވާ 61 މިލިޔަން މީހުންގެ ތެރެއިން 40 އިންސައްތަ މީހުން ވޯޓުލާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. މިއީ އީރާނުގައި 1979 ވަނަ އަހަރު އިސްލާމީ އިންގިލާބަށް ފަހު އެންމެ މަދު އަދަދެއްގެ ބަޔަކު ވޯޓުލުމުގައި ބައިވެރިވި ރިޔާސީ އިންތިހާބުކަމަށް ބުނެއެވެ.