ދުވާލަކު 80 ގްރާމުގެ މޭވާ އާއި ތަރުކާރީ ކާން އާދަކުރޭ!

3 months ago

އަފްރާހް

ދުވާލަކު 80 ގްރާމުގެ މޭވާ އާއި ތަރުކާރީ ކާނަމަ ތަފާތު ބަލިތައް ޖެހުމުން ދުރުކޮށްދޭކަމަށް ދިރާސާއަކުން ދައްކައިފިއެވެ.


ދިރާސާތަކުން ދައްކާ ގޮތުން ތަފާތު ވައްތަރުގެ މޭވާ ކާނަމަ ބަރުދަން ލުއިކޮށްދެއެވެ. އަދި ބަރުދަން ލުއިކުރުމަށް ކަސްރަތު ކުރުމުގެ އިތުރުން މޭވާ އާއި ތަރުކާރީ ވެސް ބޭނުންކުރަން ޖެހެއެވެ.


އެގޮތުން ކަރާގައި 90 ޕަސެންޓް ފެން ހިމެނޭއިރު، މިއީ ބަރުދަން ލުއިކޮށްދޭ އެއްޗެކެވެ. އެހެންކަމުން ބަރުދަން ލުއިކުރަން ބޭނުންވާނަމަ ގިނައިން ކަރާ ކެވިދާނެއެވެ. އެކަމަކު ކަމާއިބެހޭ މާހިރެއްގެ އިރުޝާދާއެކުގައެވެ. ކަރާގައި އެމިނޯ އެސިޑް އެކުލެވޭއިރު، އޭގެ ސަބަބުން ހަށިގަނޑުގައި ހުންނަ ސަރުބީ ވިރުވާލަދެއެވެ.


ފޭރަކީ ޕްރޮޓީންސް އާއި ވިޓަމިންސް އަދި ފައިބަރ އިން މުއްސަނދިވެފައިވާ މޭވާއެކެވެ. އެހެންކަމުން ފޭރަކީ ވެސް ބަރުދަން ލުއިކުރުމަށް އެހީވެދޭ އެއްޗެކެވެ.


އާފަލަކީ ވެސް ބަރުދަން ލުއިކޮށްދޭ އެއްޗެއްކަަމުގައިވާއިރު، ދުވާލަކު އާފަލައެއް ކާނަމަ ހަށިގަނޑަށް ބޭނުންވާ 4.4 ގްރާމުގެ ފައިބަރ ލިބެއެވެ. 


ކިޔުންތެރިންގެ ހިޔާލު