ދިރާގުގެ ވަރަށް ވާހަކަ: ސަޅީ، ސަޅިކަމަކަށް ނޫން

5 months ago

އަފްރާހް

ދިރާގުގެ ޕްރީޕޭޑް ކަސްޓަމަރުންނަށް މުޅިން އައު އެޑްއޮން އެއް ތައާރަފްކޮށްފިއެވެ.


އެ ކުންފުނީގެ ހެޑް އޮފީހުގައި މެއި 15 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެނޭޖަރ މާކެޓިންގ ކޮމިއުނިކޭޝަންސް، ހަސަން ޝާރިހު އާދަމް ވިދާޅުވީ މިއީ ކަސްޓަމަރުން އެކަކު އަނެކަކާ މުވާސަލާތީ ގޮތުން ފަސޭހަކަމާއެކު ގުޅުވާލެވޭ ގޮތަށް ފަރުމާކޮށްފައިވާ އޮފަރއެއް ކަމަށެވެ.


މި އޮފަރގެ ދަށުން ޕްރީޕެއިޑް ކަސްޓަމަރުންނަށް އަންލިމިޓެޑް ގްރޫޕް ކޯލްސް ކުރެވޭނެ ކަަމަށް އޭނާ ވިދާޅުވިއެވެ.


"މި އައު އޮފަރ އާއެކު ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް 'ވާހަކަ' އެޑް-އޮން އެކްޓިވޭޓްކުރެވޭނެ. މި އެޑް-އޮން އެކްޓިވޭޓްކޮށްފައިވާ އާއިލާ މެމްބަރުންނާއި ރައްޓެހިންނަށް ހިލޭ ގުޅާލެވޭނެ." ދިރާގުން ވިދާޅުވިއެވެ.


ދިރާގުން އިތުރަށް ވިދާޅުވީ މި އެޑް-އޮންއާއެކު 50 ރުފިޔާއަށް، 30 ދުވަހުގެ މުއްދަތަށް އަންލިމިޓެޑް ކޯލް ކުރެވޭނެ ކަަމަށެވެ. އަދި 1 ޖީބީ މޮބައިލް ޑޭޓާ ވެސް ލިބޭނެ ކަމަށެވެ.


މީގެއިތުރުން ވަޓްސްއެޕް، ޓެލެގްރާމް ނުވަތަ ވައިބަރ މެދުވެރިކޮށް ކޯލިންގ ގްރޫޕްގައި ބައިވެރިވުމުގެ ދައުވަތު އާއިލާއަށާއި ރައްޓެހިންނަށް ފޮނުވާލެވޭނެ ކަމަށް ވެސް ދިރާގުން ހާމަކުރައްވައެވެ.


މިފަދަ އެޑްއޮން އެއް ކަސްޓަމަރުންނަށް ތައާރަފްކުރުމުގެ އަނެއްބޭނުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުން ދިރާގު ނެޓްވަރކް މެދުވެރިކޮށް، ގުޅުވާލުމަށް ކުރަމުންދާ މަސައްކަތުގެ ވަރަށް މުހިންމު ކާމިޔާބީއެއްގެ ގޮތުގައި ދިރާގުން ފާހަގަކުރައްވައެވެ.


ދިރާގު އެޕް މެދުވެރިކޮށް ޕްރީޕެއިޑް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު މި އެޑް-އޮން އެކްޓިވޭޓްކުރެވޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު