ޔޫރޯ 2024: އިންގްލެންޑް ސެމީ އަށް

5 months ago

އަފްރާހް

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓަރ ފައިނަލުގެ ތިންވަނަ މެޗު ކާމިޔާބުކޮށް އިންގްލެންޑުން ސެމީ ފައިނަލުގެ ތިންވަނަ ޖާގަ ހޯދައިފިއެވެ.


އެޓީމު ސެމީފައިނަލަށް ދިޔައީ ސްވިޒަލެންޑާއި ބައްދަލުކުރި މެޗު ކާމިޔާބުކޮށްގެންނެވެ.


މި މެޗުގެ ފުރަތަމަ 90 މިނެޓުގެ ކުޅުން ނިމުނުއިރު، 1-1 ން ދެޓީމު ވަނީ އެއްވަރުވެފައެވެ. ދެޓީމުގެ ފަރާތުން ވެސް ދާދިހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ސްވިޒަލެންޑެވެ. މިއީ 75 ވަނަ މިނެޓުގައި އެމްބޯލޯ ޖަހައިދިން ގޯލެކެވެ.


އެހެންނަމަވެސް 80 ވަނަ މިނެޓުގައި އިންގްލެންޑުގެ ސަކާ ވަނީ ލަނޑުޖަހައި ނަތީޖާ އެއްވަރު ކޮށްދީފައެވެ.


މި ނަތީޖާގައި އޮވެ، 90 މިނެޓުގެ ކުޅުން ނިމުމުން މޮޅުވާ ޓީމެއް ބެލުމަށް އިތުރުވަގުތުގެ ގޮތުގައި 15 މިނެޓުގެ ދެހާފު ވަނީ ކުޅެފައެވެ. ނަމަވެސް ނަތީޖާއަށް ބަދަލެއް ނައުމުން ދެން ދިޔައީ ޕެނަލްޓީ ޝޫޓްއައުޓަށެވެ.


ޕެނަލްޓީ ޝޫޓްއައުޓުގައި އިންގްލެންޑުގެ ފަސް ޕެނަލްޓީ ވެސް ވަނީ ކާމިޔާބުކޮށްފައެވެ. އެ ޓީމުގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ ޕާމާ، ސަކާ، އާނޯލްޑް، ބެލިންހަމް އަދި ޓޯނީއެވެ. ސްވިޒަލެންޑްގެ ފަސް ޕެނަލްޓީގެ ތެރެއިން އަކާންޒީ ފޮނުވާލި ޕެނަލްޓީ އިންގްލެންޑްގެ ކީޕަރު ޕިކްފޯޑް ވަނީ މަތަކޮށްފައެވެ.


އެހެންކަމުން 5 ލަނޑު 3 ލަނޑުން މި މެޗު ކާމިޔާބުކުރީ އިންގްލެންޑެވެ.


ސެމީގައި އިންގްލެންޑް ވާދަކުރަން ޖެހޭނީ ނެދަލެންޑްސްއާއި ތުރުކީ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.


ކިޔުންތެރިންގެ ހިޔާލު