ޔޫރޯ 2024: ސެމީގެ ފަހު ޖާގައަށް ނެދަލޭންޑްސް

3 months ago

އަފްރާހް

ޖަރުމަނުގައި މިހާރުކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލުގެ ފަހުޖާގަ އަށް ނެދަލޭންޑްސް ދަތުރުކޮށްފިއެވެ.


ކްއާޓަރ ފައިނަލުގެ ފަހު މެޗުގައި ތުރުކީ އާއި ވާދަކޮށް ނެދަލެންޑްސް އިން މި މެޗު ނެދަލޭންޑްސް އިން ކާމިޔާބުކުރީ ފަހަތުން އަރައި 2 ލަނޑު 1 ލަނޑުންނެވެ.


މެޗުގެ 35 ވަނަ މިނެޓުގައި ގޯލުު ޖަހައި، ފުރަތަމަ ލީޑު ނެގީ ތުރުކީންނެވެ. މި ގޯލު ޖަހައިދިނީ ސެމެޓް އަކައިޑިންއެވެ. މި ލަނޑާއެކު ތުރުކީން ލީޑުގައި އޮވެ، ފުރަތަމަ ހާފު ނިންމާލިއިރު، 71 ވަނަ މިނެޓުގައި ނެދަލޭންޑްސް އިން އެއްވަރުކުރި ގޯލު ޖަހައިދިނީ ސްޓެފަން ޑި ވްރައިއެވެ. އަދި އެ ގޯލަށްފަހު ގާތްގަޑަކަށް ހަތަރު ވަރަަކަށް މިނެޓުގެ ތެރޭގައި އެ ޓީމުން ވަނީ އިތުރު ގޯލެއް ޖަހައި، ލީޑު ނަގާފައެވެ. ނެދަލޭންޑްސް އަށް ލީޑު ނަގައިދިނީ ކޯޑީ ގަކްޕޯއެވެ.


ސެމީފައިނަލުގައި ނެދަލޭންޑްސް ބައްދަލުކުރަން ޖެހޭނީ އިންގްލެންޑާއެވެ. ސެމީގެ މެޗުތައް ކުޅުމަށް ތާވަލުކޮށްފައިވަނީ މި މަހުގެ 9 އަދި 10 ވަނަ ދުވަހުގެ ރޭގައެވެ.


ކިޔުންތެރިންގެ ހިޔާލު