އައިޔޫއެމް އިތުރަށް ފުޅާކޮށް ތަރައްގީ ކުރުމަަށް ރައީސް ވަރަށް އިސްކަން ދެއްވާ: ޑރ. ޝަހީމް

3 months ago

އަފްރާހް

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގެ ދަށުން އިސްލާމިކް ޔުނިވަރސިޓީ އިތުރަށް ފުޅާކޮށް ތަރައްގީ ކުރުމަށް ވަރަށް ބޮޑަށް އިސްކަން ދެެއްވާކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ އައިޔޫއެމްއަށް 45 އަހަރު ފުރުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.


މިނިސްޓަރ ވަނީ އިސްލާމިކް ޔުނިވަރސިޓީއަކީ ވަރަށް މުހިއްމު މުއައްސަސާއެއްކަން ފާހަގަކުރައްވައި، ދައުލަތުގެ ކަންކަން ނިންމުމުގައި އެ ޔުނިވަރސިޓީން ކިޔެވި ދަރިވަރުން އިސް ސަފުގައި ހަރަކާތްތެރިވާތަން ފެންނަަން ފާހަގަކުރައްވާފައެވެ.


މީގެއިތުރުން އެ ޔުނިވަރސިޓީ ނުވަތަ މައުހަދު ގާއިމްވެގެން ދިޔަކަން އެއީ ދިވެހިންނަށް ލިބިގެންދިޔަ ވަރަށް އަގުހުރި ފުރުސަތެެއް ކަމަށާއި ރާއްޖޭގެ އިސްލާމީ ސަގާފަތް ދެމެހެއްޓުމާއި ނެގެހެއްޓުމަށް އެޅިގެންދިޔަ ވަރަށް ރަނގަޅު ފިޔަވަޅެއް ކަމަށް ވެސް ވިދާޅުވިއެވެ.


ޑރ. ޝަހީމް އިތުރަށް ވިދާޅުވީ ⁠އައިޔޫއެމް އަށް އޮތީ ވަރަށް އުޖާލާ މުސްތަގްބަލެއް ކަމަށާއި އެންމެ އުއްމީދު ކުރާ ދުވަހަކީ އައިޔޫއެމްއަކީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކޮށްލެވޭ އިސްލާމިކް ޔުނިވަރސިޓީއަކަށް ވެގެންދާ ދުވަސް ކަމަށެވެ. އަދި އެ ޔުނިވަރސިޓީގެ ކުރިއެރުމަށް އިސްލާމިކް މިނިސްޓްރީން ދޭން ޖެހޭ އެންމެ ފުރިހަމަ އެއްބާރުލުން އަބަދު ވެސް ދެއްވާނެކަމުގެ ޔަގީންކަން ވެސް ވަނީ އަރުވާފައެވެ.


އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ވަނީ ⁠ރާއްޖޭގައި އިސްލާމީ ހިދާޔަތު ދަމަހައްޓަން އިސްލާމީ ޔުނިވަރސިޓީއަކީ މުހިއްމު މުއައްސަސާއެއްކަން ވެސް ފާހަގަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު