5 months ago
ރާއްޖޭގެ ފަތުރުވެރިކަމުގައި ޗައިނާ އަކީ އިސްދައުރެއް އަދާކުރާ ގައުމެކެވެ. އެގައުމުން ރާއްޖެއަންނަ ފަތުރުވެރިންގެ އަދަދު ވެސް ދުވަހުން ދުވަހަށް، މަހުން މަހަށް އިތުރުވަމުން އަންނައިރު، އެގައުމުގެ ސަގާފަތުގެރެއިން ކުރަމުން އަންނަ މިކަން އެނގިފައި އޮތުމަކީ މައުލޫމާތުގެ ޚަޒާނާ އަށް އިތުރުވާ ބޮޅެއް ކަމުގައި ދެެކެވެ.
އެގޮތުން ޗައިނާ މީހަކަށް ސައިތައްޓެއްް ދީފިނަމަ ނުވަތަ ތައްޓަށް ސައި އަޅައި ދިނުމުން މޭޒުމަތީގައި އަތުން ޖަހާތަން ފެނުމަކީ އެކަށީގެންވާ ކަމެކެވެ. މިކަމަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފެނި، ތަޖުރިބާ ވެސް ކުރެވިފައިވާ ކަމަކަށް ވެދާނެއެވެ.
އެކަމަކީ ޒަމާނުއްސުރެ ޗައިނާގައި އޮންނަ ސަގާފަތަކަށްވާއިރު، މިއީ ޗައިނާގެ ރަސްރަސްކަލުންނާ ވެސް ގުޅިފައި އޮންނަ ކަމެއް ކަމުގައި ބުނެވެއެވެ.
އެގައުމުގެ އުމުރުން ދުވަސްވީ މީހުންގެ ފަރާތުން ވާރުތަވެފައިވާ ގޮތުގައި މި ސަގާފަތް ފެށުނީ އެއްދުވަސްވަރެއްގައި ޗައިނާގައި ރަސްކަން ކުރެއްވި ރަސްކަލެއްގެ ފުށުންނެވެ. ރަށުގެ މީހުންގެ ދިރިއުޅުމުގެ ކަންތައްތައް އަމިއްލަ ލޮލުން ބައްލަވައިލެއްވުމަށް ބޭނުންފުޅުވެގެން ރަސްގެފާނާއި ހުރިހާ ވަޒީރުން ވިޔަފާރި ވެރިން ލާކަހަލަ ހެދުން ތުރުކުރައްވައިގެން ރަށްފުށު ސަރަހައްދަ ދިޔަކަމަށް ވެއެވެ. އަދި ރަސްގެފާނު ތުރުކުރެއްވީ މިނިސްޓަރެއްގެ ހާދިމެއްގެ ހެދުންކޮޅު ކަމަށް ބުނެވެއެވެ. އެބޭފުޅުން އެރޭގެ ކެއުމަށް ރެސްޓޯރެންޓަކަށް ވަޑައިގެން، މިނިސްޓަރ ގޮނޑީގައި އިށީނުމުން އޭނާގެ ހާދިމެއްގެ ގޮތުގައި ހުރި ރަސްގެފާނު މިނިސްޓަރ ކައިރީގައި ކޮޅަށް މަޑުކޮށްލައިގެން ހުއްޓެވެ. މިމަންޒަރު ފެނިފައި ހުރިހައި މިނިސްޓަރުން ކަންބޮޑުވުން މޫނު މަތިން ފާޅުކުރަން ފެށިނަމަވެސް އެއްވެސް މީހަކަށް ރަސްގެފާނަށް އިހްތިރާމް އަދާކުރާކަށް ނުކެރުނުކަމަށް އުމުރުން ދުވަސްވީ މީހުން ކިޔައިދެއެވެ.
މިހެން އެންމެން ތިއްބާ ރަސްގެފާނު ސައިކުރާއެއް ހިއްޕަވައިގެން ވަޑައިގެން މިނިސްޓަރަށް ސައި އަޅާދޭން ފެއްޓެވުމުން، މިނިސްޓަރ ހަދާނެ ގޮތް ހުސްވެ، ރަސްގެފާނަށް ޝުކުރު އަދާކުރާނެ ގޮތަކާއި މެދު ވިސްނަން ފައްޓަވައި، އެންމެމޮޅު ބުއްދިއަކަށް އެވަގުތު އައީ ކަނާތު އިނގިލިތައް މުއްކަވާލެއްވުމަށް ފަހު، މޭޒުމަތީގައި އިނގިލިތަކުން ޖަހަން ފެށުމެވެ. އަދި މިމަންޒަރު ފެނިފައި ހުރިހައި އެންމެން ހައިރާން ވެފައި ތިއްބެވެ.
މި ޢަމަލީ ރަސްގެފާނަށް އެވަގުތު ޝުކުރުއަދާކުރެވޭނެ އެންމެރަނގަޅުގޮތް ކަމުގައި ފެނިގެން ކަންކުރި ގޮތެއް ކަމުގައި މިނިސްޓަރު، އެހެން މިނިސްޓަރުންނަށް ދެންނެވުމުން އެރެއަށްފަހު މި އާދަ، ސަގާފަތުގެ ތެރެއަށް ވަދެ، މިހާރު ވެސް ގިނަބަޔަކު މިކަން ކުރާކަމަށް ވެއެެވެ.
އެހެންކަމުން ޗައިނާ މީހަކު އެގޮތަށް މޭޒުމަތީގައި އަތުން ޖަހައިފިނަމަ އެއީ އެމީހަކު ޝުކުރު އަދާކުރުމުގެ ގޮތުން ކުރި ޢަމަލެކެވެ.