ނާޖާއިޒު ގޮތުގައި މަގާމެއް ހޯދައިދީފައި ނުވާނެ: ޑރ. ޝަހީމް

3 months ago

އަފްރާހް

އެއްވެސް މީހަކަށް ނާޖާއިޒު ގޮތުގައި މަގާމެއް ހޯދައިދީފައި ނުވާނެކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވެފައި މިވަނީ އަމިއްލަ ދަރިފުޅަށާއި އާއިލާގެ މީހަކަށް ނާޖާއިޒު ގޮތުގައި މަގާމެއް ހޯއްދަވައިދެއްވާފައިވާކަމަށް މީސްމީޑިއާގައި ދެކެވެމުންދާ ވާހަކަތަކަށް އިޝާރާތްކުރައްވައެވެ.


މީސްމީޑިއާގައި ދައުރުވަމުންދާ ޕޯސްޓެއްގައި ވަނީ ޑރ. ޝަހީމްގެ ދަރިކަލުން އަބްދުﷲ މާހިލް ޝަހީމަށް މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގެ ތިންވަނަ ސެކްރެޓަރީގެ މަގާމު ދީފައިވާ ކަމަށެވެ. އަދި އެއްބަނޑު އެއްބަފާ ކޮއްކޮ އަހްމަދު ޝިފާޒަށް ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ދީފައިވާ ކަމަށެވެ.


މިކަމާއިގުޅިގެން ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ދަަރިއަކު ނުވަތަ އާއިލާގެ މެންބަރަކު ކިޔަވައިގެން ހުރި ދާއިރާއަކުން ގައުމަށް ހިދުމަތްކުރަން ލިބޭ ފުރުސަތަކީ ނާޖާއިޒު ގޮތުގައި ހޯދައިދޭނެ ފުރުސަތެއް ނޫން ކަމަށެވެ.


މީގެއިތުރުން ދައުލަތުގެ މުދަލާއި މަގާމާއި ފައިސާ ނާޖާއިޒު ގޮތުގައި ބޭނުން ނުކުރާނެކަމުގެ ފުރިހަމަ ޔަގީންކަން ވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު

ޢަޤްލީމް މޫސާ

ރާއްޖޭގައި ބޮނަކުއާ ވިއްކާކަން އަޅުގަނޑަށް އެނގުނީވެސް ގޭގައި ހުއްޓާ ހަމަ ނޫހަކުން ފެނިގެން.

3 months ago