ޗައިނާ އިން ރާއްޖެއަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، ލައްކައަކާ ގާތްކުރަނީ

5 months ago

އަފްރާހް

ޗައިނާ އިން ރާއްޖެއަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، ލައްކައަކާ ގާތްކޮށްފިއެވެ.


ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާގޮތުގައި މި ހިނގާ މެއި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އެގައުމުން ވަނީ 92000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައެވެ.އަދި މިއީ މި އަހަރުގެ މިހައިތަނަށް ރާއްޖެއަށް އައިސްފައިވާ ޖުމްލަ ފަތުރުވެރިންގެ 11.1 އިންސައްތަ ކަމަށް ވެސް ދައްކައެވެ.


ރާއްޖެއަށް އެންމެގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުން އެއްވަނަ ޗައިނާ ހޯދާފައިވާއިރު، ދެވަނައިގާ އޮތް ރަޝިއާ އިން 84،162 ފަތުރުވެރިން ވަނީ އައިސްފައެވެ. އަދި ތިންވަނައިގާ އޮތް އިނގިރޭސިވިލާތުން 79،721 ފަތުރުވެރިން އައިއިރު، ހަތަރު ވަނައިގާ އިޓަލީ އޮތީ 73،272 ފަތުރުވެރިންނާއެކުގައެވެ.


މީގެއިތުރުން މި މިލިސްޓުގެ ފަސްވަނައިގާ ޖަރުމަން އޮތީ 65،563 ފަތުރުވެރިންނާއެކުގައެވެ.


ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކާގޮތުގައި މި އަހަރުގެ މިހައިތަނަށް ރާއްޖެއަށްވަނީ 833،728 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މި އަދަދަކީ ފައިބެއަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 747،218 ފަތުރުވެރިންނާއި އަޅާ ބަލާއިރު 11.6 އިންސައްތަ އިތުރު އަދަދެެކެވެ.


ކިޔުންތެރިންގެ ހިޔާލު