އީމާންވާ މީހުންނަށް ދުނިޔޭގައި ވެސް އިއްޒަތާއި ޝަރަފް ދެއްވާނެ

3 months ago

އަފްރާހް

ފަސާދައާއި ދެކޮޅަށް ތެދުވާން ޖެހޭ ކަމަށާއި މާތް ރަސްކަލާނގެއަށް އީމާންވާ މީހުންނަށް ދުނިޔޭގައި ވެސް ޢިއްޒަތާއި، ޝަރަފާއި، ޤަދަރު ދެއްވާނެކަން ހުކުރު ހުތުބާގައި ހަނދާންކޮށްދީފިއެވެ.


"ޢާޝޫރާ ދުވަހުގެ މާތްކަން" މި މައުޟޫއަށް ތައްޔާރުކޮށްފައިވާ ހުތުބާގައި ބުނީ މުސްލިމުންނަށްޓަކައި، މާތް ރަސްކަލާނގެ ހާއްސަކުރައްވާފައިވާ ދުވަސްތަކުގެ މަތީން ހަނދާންކޮށް އެއިން ޢިބްރަތް ޙާޞިލުކުރަން ޖެހޭ ކަމަށެވެ. އެއީ އެކަލާނގެ ނިޢުމަތްތައް ހަނދާންކޮށް އެކަލާނގެ މަންހަޖަށް ތަބާވުމަށްޓަކައިކަމަށް ވެސް ބުނެފައިވެއެވެ.


އެގޮތުން މުޙައްރަމް މަހުގެ ދިހަވަނަ ދުވަހަކީ ނުވަތަ ޢާޝޫރާ ދުވަހަކީ ހެޔޮކަމާއި ޒިކުރާތަކާއި ފިލާވަޅުތަކުން ފުރިގެންވާ ދުވަހެއްކަން ހަނދާންކޮށްދީފައި ވެއެވެ. އަދިއެ ދުވަހަކީ ފިރުޢައުނުގެ ކިބައިން މޫސާގެފާނު ސަލާމަތްކުރައްވައި، ފިރުޢައުނާއި، އޭނާގެ ލަޝްކަރު ޣަރަޤުކުރެއްވި ދުވަސްކަން ވެސް ހަނދާންކޮށްދިނެވެ.


މިފަދަހާާދިސާތަކުގައި ގިނަ ޢިބުރަތްތަކާއި ދަރުސްތައްވާ ކަމަށާއި މީގެ އެންމެ މުހިންމު ފިލާވަޅަކީ، މާތް ރަސްކަލާނގެއަށް އީމާންވާ މީސްތަކުންނާއި، އެކަލާނގެ ނަބިއްޔުންނާއި ރަސޫލުން، ބޮޑެތި މުސީބާތްތަކުން ސަލާމަތްކުރައްވާ ގޮތް އެނގި، އީމާންކަން ހަރުދަނާކުރުމަށް މަސައްކަތްކުރުމުގެ ފިލާވަޅުކަމަށް ހުތުބާއި ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު