ސްވިމިންގ އެސޯސިއޭޝަން އިންތިހާބު: ކްލަބް ރެޕްރެޒެންޓޭޓިވްގެ މަގާމަށް ކުރިމަތިލީ އެންމެ ފަރާތަކުން

5 months ago

އަފްރާހް

އަންނަ ޖޫން މަހު ބާއްވާ ސްވިމިންގ އެސޯސިއޭޝަންގެ ކްލަބް ރެޕްރެޒެންޓޭޓިވްގެ މަގާމަށް ކުރިމަތިލީ މީހުންގެ ލިސްޓު އާންމުކޮށްފިއެވެ.


މިއީ އެ މަގާމަށް ކުރުމަތިލުމަށް ހުޅުވައިލި ދެވަނަ ފުރުސަތެވެ.


އެ އެސޯސިއޭޝަންގެ 5 ވަނަ އިންތިހާބުގައި ކުލަބް ރެޕްރެޒެންޓޭޓިވްގެ މަޤާމަށް ވާދަކުރުމަށް އެއްވެސް ފަރާތަކުން ފޯމު ހުށަހަޅާފައި ނުވާ ކަމަށެވެ. އެހެންނވެ އިންތިހާބުގެ ގަވައިދުގެ 2. ވަނަ މާއްދާގެ (ބ)ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހުޅުވާލެވުނު 2 ވަނަ ފުރުޞަތުގައި ހުށަހަޅާފައިވަނީ އޭ ޓެން ސްޕޯރޓްސް ކްލަބުގެ ފަރާތުން އަލީފް ޢަބްދުﷲ ނަސީމް އެކަނި ކަމަށެވެ.


އިންތިހާބުގެ ގަވާއިދުގެ 2. ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ފޯމު ހުށަހެޅުމުގެ ދެ ވަނަ ފުރުސަތު މެއި 14 ވާ އަންގާރަ ދުވަހުން ފެށިގެން މެއި 16 ވީ ބުރާސްފަތި ދުވަހުގެ މެންދުރު 1 ޖެހުމާއިި ހަމައަށް ހުޅުވައިިލިއެވެ.


މި އިންތިހާބުގައި ވޯޓުލެވޭ މީހުންނާއި ކުލަބުތަކުގެ ލިސްޓު ވެސް އާންމުކޮށް، އެ ލިސްޓުގައި މައްސަލައެއް ވާނަމަ، މެއި 16 ވީ ބުރާސްފަތި ދުވަހުގެ މެންދުރު 1 ޖެހުމާއި ހަމައަށް އެ ފުރުސަތު ވެސް ހުޅުވައިލެއްވިއެވެ.


ކުލަބު މެންބަރުންގެ ތެރެއިން އިންތިހާބުގައި ބައިވެރިވެ، ވޯޓުލުމަށް ފުރުސަތު ދެވޭނީ އިންތިހާބުގެ ގަވައިދުގެ 7. ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއި ފުރިހަމަކޮށްފައިވާ ފޯމު، މި އިންތިހާބުގެ ގަވައިދުގެ 2. ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ސުންގަޑީގެ ކުރިން ހުށަހަޅާ ކުލަބުތަކަށް އެކަނި ކަމަށް އެސޯސިއޭޝަނުން ވިދާޅުވެއެވެ.


މި އިންތިހާބުގައި ވާދަކުރުމަށް މެއި 13 ވަނަ ދުވަހުގެ މެންދުރު 1 ޖެހުމާއި ހަމައަށް ހުށަހަޅާފައިވާ ފަރާތްތަކުގެ ލިސްޓު ވެސް އާންމުކުރައްވާފައިވާއިރު، ފަރުދީ މެންބަރުން ރިޕްރެޒެންޓްކުރާ އަންހެން މެންބަރުކަމަށް ރަޙީމާ އާދަމް، ޓެކްނިކަލް އޮފިޝަލް ރެޕްރެޒެންޓޭޓިވްގެ މަގާމަށް ޙަސަން ސިރާރު، ފަރުދީ މެންބަރުން ރިޕްރެޒެންޓްކުރާ ފިރިހެން މެންބަރުކަމަށް މުޙައްމަދު ނައްވާރު އިބްރާޙީމް، ކޯޗު ރެޕްރެޒެންޓޭޓިވްގެ މަގާމަށް އަޙްމަދު ފިރާސް އަފީފް ގެ ނަން ވަނީ ހުށަހަޅުއްވާފައެވެ.


މީގެއިތުރުން ރައީސްގެ މަގާމަށް މުޙައްމަދު ޢަބްދުއްސައްތާރު އަދި ނައިބު ރައީސްގެ މަގާމަށް އިސްމާޢީލް ޢަލީ އަދި ޚަޒާންދާރުގެ މަގާމަށް ޢަލީ ޝަމީމް ވަނީ ހުށަހަޅުއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު