ފާރު ރޭނުމުގެ ސަބަބުން ގެއެއްގެތެރޭގައި ބަޔަކު ބަންދުވީ ރަޖިސްޓްރީގެ މައްސަލައަކާހެދި

3 months ago

އަފްރާހް

ފާރު ރޭނުމުގެ ސަބަބުން ގެއެއްގެތެރޭގައި ބަޔަކު ބަންދުވީ ރަޖިސްޓްރީގެ މައްސަލައަކާހެދި ކަމުގައި މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.


އެކައުންސިލުން މިފަދައިން ވިދާޅުވީ މި ޖުލައި މަހުގެ 11 ވަނަ ދުވަހު، ފާރެއް ރޭނުމުގެ ސަބަބުން ހ. ހުދުފިނިފެންމާގޭގެ މީހުންން ބޭރަށް ނުނިކުމެވި ގޭގެ ތެރޭގައި ބަންދުވި މައްސަލައިގެ ތަފްސީލު ދެއްވަމުންނެވެ.


ޖުލައި 13 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސިޓީ ކައުންސިލުގެ ވަކީލް އަބްދުލް ހަކީމް ވިދާޅުވީ ހުދުފިނިފެންމާގޭގެ ގޯޅީގެ މައްސަލަ ކައުންސިލަަށް ހުށަހަޅާފައިވާތާ މިހާރު 27 އަހަރުވެފަައިވާ ކަމަށެވެ.


އެހެން ނަމަވެސް ރަސްމީކޮށް އެ މައްސަލަ ހުށަހެޅީ މޭޔަރުކަމުގެ މަގާމާއި އާދަމް އާޒިމް ހަވާލުވެވަޑައިގެންނެވިފަހުން ކަމަށާއި މޭޔަރު ބޭނުންވީ އެކަމަށް ގާނޫނީ ހައްލެއް ހޯއްދަވަައިދެއްވުމަށް ކަމަށް ވަކީލު ވިދާޅުވިއެވެ. އަދި ފިނިފެންމާގޭގެ ގޯތި އޮންނަނީ ހައްވާ އިބްރާހީމާއި ހަސަން ޝާކިރުގެ މެދުގައި ބަހާލާފައި ކަމަށެވެ.


"އެ ގޯތީގެ ބޮޑުމިނަކީ 3،980 އަކަފޫޓު. އެންމެ ފުރަތަމަ އެ ގޯތި ބެހީ ދެ ބަޔަށް. އެއީ ހުދުފިނިފެންމާގެއާ ހުދުދިނިފެންމާގެ އާގެ." ހަކީމް ވިދާޅުވިއެވެ.


އޭނާ އިތުރަށް ވިދާޅުވީ އެ ގޯޅިގަނޑަކީ 320 އަކަފޫޓުގެ ގޯޅި ގަނޑެއް ކަމަށާއި ހުދުފިނިފެންމާގެ އާގެއަށް 1985 އަކަފޫޓު ހިމެނެނީ އެ ގޯޅިއާ އެކުގައި ކަމަށެވެ. އަދި ހުދުފިނިފެންމާގެ ދެބައި ކުރުމަށްފަހު އެއްބަޔަށް ކުބްރާ، އަނެއްބަޔަށް ހުދުފިނިފެންމާގެ ކިޔުނު ކަމަށާއި މި ދެ ބަޔަށް ވެސް ވަންނަ ގޮތައް ހަދާފައިވަނީ ހަދީބީ މަގުން ކަމަށް ވިދާޅުވިއެވެ.


ހުދު ފިނިފެންމާގެ ހައްވާ އިބްރާހިމާއި ހަސަން ޝާކިރުގެ މައްޗަށް ރަޖިސްޓްރީ ކުރެވި، ހައްވާ އިބްރާހިމަށް ނުވަދެވޭ ގޮތަށް ގޯޅިއެއް ނުކަނޑައި، ހުދު ފިނިފެންމާގެ ހަސަން ޝާކިރުގެ މައްޗަށް ރަޖިސްޓްރީ ކޮށްފައިވާކަމަށް ވެސް ހަކީމް ވިދާޅުވިއެވެ. އަދި 2020 ވަނަ އަހަރު މާލެ ސިޓީ ކައުންސިލުން ހަސަން ޝާކިރުގެ މައްޗަށް ވަކި ރަޖިސްޓްރީއެއް ހަދައިފާ ކަމަށާއި އެ ރަޖިސްޓްރީގައި އިމާރާތްކުރުމަށް ހުއްދަދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.


މީގެއިތުރުން ހުދުފިނިފެންމާގޭ ފަހަތުގައި އޮތް ބަޔަށް ނުވަދެވޭ ގޮތްވީ މި ރަޖިސްޓްރީ މާލެ ސިޓީ ކައުންސިލުން ހަދައިދިނުމުން ކަމަށާއި މިހާރު މި މައްސަަލަ ހޫނުވެފައި ވަނީ ހުދުފިނިފެންމާގޭ އާގޭގެ ފާރު ރޭނުމުން ކަމަށް ވިދާޅުވިއެވެ.


ބައެއްގެ ގޭގެ އިންފާރު ރޭނުން ސިޓީ ކައުންސިލުން މަނާ ނުކުރެވޭނެކަން ފާހަގަކުރައްވައި، ހައްވާ އިބްރާހީމަށް އޮތް ގޯތިން މީހުން ވަދެ ނިކުންނާނެ ގޮތެއް ހަމަޖެއްސުމަށް ހަތަރު ހަފްތާގެ މުއްދަތެއް ދިން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި މި މައްސަލަ ދިމާވެފައި މިވަނީ އެކަން ނުވެ އޮތުމުން ކަމަށް ހަކީމް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު

ޝާކިރު އަންހެނުން

ޓީވީން ދެއްކި ލައިވް ގައި ބުނިއެއްޗެހި އޮޅުވައިލައިފަ ތިހުރީ ރަނގަޅަށް ޗެކް ކޮށްބަލަ

3 months ago

ާއަހްމަދު

ރަނގަޅު ގަދަބާރުން ބިން ފޭރި ގަނެ ރިޝްވަރުދީގެން އުޅުނު ދުވަސް އ.އާޒިމް ނިމުމަކަށް ގެންނާނެ ޔަޤީން.

3 months ago