5 months ago
މައިލޯ ވީއޭއެމް ކަޕް އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ކުލަބު ވެމްކޯއިން ހޯދައިފިއެވެ.
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބޭއްވި މި މުބާރާތުގެ ޗެމްޕިއަންކަން ވެމްކޯ އިން ހޯދީ ފައިނަލުގައި ޕޮލިސް ކުލަބާއި ވާދަކޮށްގެންނެވެ.
ފޯރިގަދަ އަދި ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗު ވެމްކޯ އިން ކާމިޔާބުކުރީ 3 ސެޓް 1 ސެޓުންނެވެ. އެއީ 25-19، 25-23، 13-25 އަދި 25-21 އިންނެވެ.
ފާއިތުވެދިޔަ ހަތަރު އަހަރު ވެސް ވެމްކޯ މި މުބާރާތުގައި ކާމިޔާބުކޮށްފައިވަނީ ފައިނަލުގައި ޕޮލިސް ބަލިކޮށްގެންނެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުޅުނު މި މެޗުގެ ފުރަތަމަ ސެޓުގައި އެނެްމެޕޮއިންޓެއް ވެސް ޕޮލިހަށް ނުދީ ހަ ޕޮއިންޓު ވެމްކޯ އިން ހޯދިނަމަވެސް ޕޮލިހުން ވަނީ ހިތްވަރުކޮށް ނަތީޖާ 12-12 އަށް ބަދަލުކޮށްފައެވެ. އެކަމަކު ފުރަތަމަ ސެޓު ވެމްކޯ އިން ގެންދިަޔއީ 19-25 އިންނެވެ. އަދި ޖެހިގެން އައި ސެޓު 25-23 އިން ގެންދޔައިރު، ތިންވަނަ ސެޓު ޕޮލިހުން ކާމިޔާބުކުރީ 25-13 އިންނެވެ. އަދި ހަތަރު ވަނަ ސެޓު 21-25 އިން ހޯދީ ވެމްކޯއެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަާށް ވެމްކޯގެ މާޖިދާ ހޮވުނުއިރު، އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ ޕޮލިހުގެ މާސާ އެވެ. އެންމެ މޮޅު ކޯޗުގެ މަގާމު ވެމްކޯގެ ކޯޗު އަހްމަދު އަދީލަށް ލިބުނުއިރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ވެމްކޯގެ ހައްވާ މާޖިދާ އެވެ. މި މަގާމު ފައިބެއަހަރު ވެސް ހޯދީ މާޖިދާއެވެ.
މި މިބާރާތުގެ ޑްރީމް ޓީމުގައި ހިމެނެނީ ވެމްކޯގެ މާޖިދާއާއި ޖޫޒާންއާއި މާޔާއާއި ފައިހާ މުހައްމަދު އަދި ޕޮލިހުގެ ހައްވައާއި މަރިޔަމް އަޒުމާއާއި ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަންގެ އައިމިނަތު ރިޔާޝާ އެވެ.