ޓްރަމްޕަށް ބަޑީގެ ހަމާލާއެއް

3 months ago

އަފްރާހް

އެމެރިކާގެ ރައީސްގެ މަގާމަށް ވާދަކުރެއްވުމަށް ކެމްޕެއިން ކުރައްވަމުން ގެންދަވާ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕަށް ބަޑީގެ ހަމަލާއެއް ދީފިއެވެ.


އެގައުމުގެ ކުރީގެ ރައީސް ޓްރަމްޕަށް މި ހަމަލާ ދީފައި މިވަނީ އެމެރިކާގައި ނޮވެމްބަރ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ކުރިމަތިލައްވާ ކެނޑިޑޭޓިގެ ހައިސިއްޔަތުން ކެމްޕެއިން ކުރައްވަމުން ގެންދަވަނިކޮށްނެވެ.


އެމަނިކުފާނަށް ބަދީގެ ހަމަލާ ދީފައިވަނީ ޕެންސިލްވޭނިއާގައި ކުރިއަށްދިޔަ ކެންޕެއިން ރެލީގައި އެއްވެތިބި ސަޕޯޓަރުންނާ މުހާތަބްކޮށް ވާހަކަދައްކަވަން ހުންނަވަނިކޮށްނެވެ. މި ހަމަލާ ޓުރަންޕްގެ ބޮލަށް އަމާޒުކޮށް ދީފައިވީނަމަވެސް ސްނައިޕަރގެ މި ހަމަލާ އަމާޒްވީ ޓްރަމްޕުގެ ކަނާއަތް ފަރާތު ކަންފަތަށެވެ.


މި ހަމަލާ އާއިގުޅިގެން ޕެންސިންވީނިއާގެ ސިއްހީ އޮފިޝަލުން ވަނީ ޓްރަންޕުގެ ސިއްހީ ހާލުކޮޅު ރަނގަޅުކަމަށް ބުނެފައެވެ.


ޓްރަންޕަށް އަމާޒުކޮށް 8 ވަޒަން ސްނަސިޕަރ ފޮނުވާލާފައިވާކަމަށް ރިޕޯޓުތައް ބުނާއިރު، އެމެރިކާގެ ސީކްރެޓް ސަރވިސް އިން ބުނެފައިވަނީ އިމާރާތެއްގެ ޓެރަސްމަތީ އޮތް ސްނައިޕަރ މަރާލާފައިވާކަމަށް ވެސް ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު