އޮޑިޓް ރިޕޯޓު ހުށަނާޅާތީ ސިޔާސީ ތިން ޕާޓީއެއް ޖޫރިމަނާ

3 months ago

އަފްރާހް

އޮޑިޓް ރިޕޯޓު ހުށަހަޅާފައިނުވާ ސިޔާސީ ތިން ޕާޓީއެއް ޖޫރިމަނާ ކޮށްފިއެވެ.


އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވީ ފައިބެއަހަރުގެ އޮޑިޓް ރިޕޯޓު ހުށަހަޅާފައި ނުވާ ސިޔާސީ ތިން ޕާޓީއަކީ މޯލްޑިވްސް ތަރޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އަދި ދަ ޑިމޮކްރެޓްސްއެވެ.


އީސީން މި ތިން ޕާޓީ ވެސް ޖޫރިމަނާކޮށްފައިވަނީ ކޮންމެ ޕާޓީއެއް 50،000 ރުފިޔާއިންނެވެ.


ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާގޮތުގައި ކޮންމެ މީލާދީ އަހަރެއް ނިމޭތާ ގިނަވެގެން 90 ދުވަހުގެ ތެރޭގައި ޕާޓީގެ އަހަރީ ހިސާބުތައް އޮޑިޓަރ ޖެނެރަލް ގަބޫލުކުރާ އޮޑިޓަރަކު މެދުވެރިކޮށް އޮޑިޓް ކުރުމަށްފަހު، އެ އޮޑިޓް ރިޕޯޓް އިލެކްޝަންސް ކޮމިޝަނަށާއި އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންޖެހެއެވެ.


އެއްވެސް ޕާޓީއަކުން ގާނޫނާ އެއްގޮތަށް މާލީ ރިޕޯޓެއް ހުށަހަޅާފައިނުވާނަމަ 20،000 ރުފިޔާ އާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޕާޓީ ޖޫރިމަނާކުރުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބޭ ކަަމަށް ވެސް ގާނޫނުގައި ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު