ބަންގްލަދޭޝްގައި ހިނގި ހާދިސާއެއްގައި ދިވެއްސަކަށް ސީރިއަސް އަނިޔާތަކެއް

3 months ago

އަފްރާހް

ބަންގްލަދޭޝްގައި މިސްކިތެއް އިމާރާތްކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ދިވެއްސަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.


ޚިދުމަތް ޖަމިއްޔާ އިން ވިދާޅުވީ އެގައުމުގައި މިސްކިތް އިމާރާތް ކުރުމަށް ދަނިކޮށް އަނިޔާވެ، ސީރިއަސް ޒަޚަމްތަކެއް ލިބުނީ އެ ޖަމިއްޔާގެ ޓީމުގެ މެމްބަރު ހުސައިން ހައިޝަމް އަށް ކަމަށެވެ. އަދި އެއީ އޮޕަރޭޝަންސް މެނޭޖަރު ކަމަށެވެ.


އޭނާ އަށް އަނިޔާވީ ޑާކާއިން ޗިޓަގޮންގް އަށް ދަތުރުކުރަމުން ދަނިކޮށް ޖުލައި 14 ވަނަ ދުވަހު ދިމާވި ކުއްލި އެކްސިޑެންޓެއްގައި ކަމަށެވެ. އަދި އޭނާގެ ފައިގެ މާކަޅުވާ ކަށިގަނޑު ބިންދައިގެން ދިޔުމުގެ ސަބަބުން ހޮސްޕިޓަލްގެ އިމަރޖެންސީގައި ފަރުވާދެމުން އަންނަކަމަަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އެ ޖަމިއްޔާ އިން ވިދާޅުވެއެވެ.


އެ ޖަމިއްޔާ އިން ވިދާޅުވީ ހާދިސާ ހިނގަން މެދުވެރިވީ ޑްރައިވަރަށް ނިދުމުން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.


ޚިދުމަތް ޖަމިއްޔާގެ ފަރާތުން ބަންގްލަދޭޝްގައި މިވަގުތުއަންނަނީ 4 މިސްކިތެއްގެ މަސައްކަތް ކުރަމުން އަންނައިރު، އިތުރު މިސްކިތެއްގެ މަސައްކަތް ވެސް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު