ޕާލަމެންޓް އިންޑަކްޝަން ޕްރޮގްރާމްގައި މައުލޫމާތުތައް ހިއްސާކޮށްފި

3 months ago

އަފްރާހް

ޕާލަމެންޓް އިންޑަކްޝަން ޕްރޮގްރާމްގައި އިންސާނީ ހައްގުތަކާއި ގާނޫނު ހެދުމާއި ގުޅޭ މައުލޫމާތުތައް ހިއްސާކޮށްފިއެވެ.


މިއީ ޑަބްލިއު.އެފް.ޑީ އިން ރައްޔިތުންގެ މަޖިލީހާއި ގުޅިގެން 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ކުރިއަށްގެންދެވުނު ޕާލަމެންޓް އިންޑަކްޝަން ޕްރޮގްރާމްގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބައިވެރިވެ، އިންސާނީ ހައްގުތަކާއި ގާނޫނު ހެދުމުގައި ރިއާޔަތްކުރަންވީ ކަންކަމާއި ގުޅޭ މައުލޫމާތުތައް ދިނުމަށް ކުރިއަށްގެންދިޔަ ސެޝަނެކެވެ.


އެ ވުޒާރާގެ ސޯޝަލް ސަރވިސަސް ކޯޑިނޭޓަރ މަރިޔަމް ރަޔާ އަޙްމަދާއި ޗައިލްޑް ޕްރޮޓެކްޝަން ކޯޑިނޭޓަރ ފާތިމަތު ބައްރަ އިބްރާހިމް ނަންގަވައިދެއްވި މި ސެޝަންގައި އިންސާނީ ހައްގުތަކާއި ގާނޫނު ހެދުމާއިގުޅޭ މުހިންމު މައުލޫމާތުތަކެއް ވަނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ހިއްސާކޮށްފައެވެ.


ހާއްސަކޮށް، ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމާއި މިންތީގެ މައްސަލަތަކާއި ގާނޫނު ހެދުމުގެ މަރުހަލާގައި މިންތީގެ ތަފާތުތަކަށް ރިޔާއަތްކުރުމުގެ މުހިންމުކަމަށް ވަނީ އަލިއަޅުވާލާފައެވެ. 


ކިޔުންތެރިންގެ ހިޔާލު