ރައްޔިތުންގެ އެއްވެސް އިނާޔަތެއް މި ސަރުކާރުން ކަނޑައިނުލާނެ

3 months ago

އަފްރާހް

އިގްތިސާދު ރަނގަޅު ކުރުމުގެ ނަމުގައި އުމުރުން ދުވަސްވީ ފަރާތްތަކަށާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްދޭ އެލަވަންސާއި ކިޔަވާ ދަރިވަރަކަށްދޭ އެލަވަންސެއް ވެސް މި ސަރުކާރުން ކަޑައިނުލާނެ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ވިދާޅުވެއްޖެއެވެ.


އޭނާ މިފަދައިން ވިދާޅުވީ ޕީއެންސީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.


އަލީ އާރިފް ވިދާޅުވީ ރާއްޖެ އަށް މިހާރު ދިމާވެފައި އޮތް މާލީ ދަތިކަން ހައްލު ކުރުމަށް ފައިސާ ޗާޕް ކުރެވިދާނެއެވެ. އެކަމަކު އެއީ ޒިންމާދާރު ވެރިން ކުރައްވާނެ ކަމެއް ނޫން ކަމަށެވެ. އަދި ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން އެކަން ނުކުރައްވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.


މީގެއިތުރުން ނިމިދިޔަ އެމްޑީޕީ ސަރުކާރަށް ވަރަށްބޮޑަށް ފާޑުވިދާޅުވަމުން އޭނާ ވަނީ ކުރީ ސަރުކާރުން ކުރީ އިސްރާފެއް ނޫން ކަމަށާއި އެ ސަރުކާރުން ޖެއްސީ ބޮޑެތި ޖަރީމާތަކަކާއި ވައްކަންތަކެއް ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން އެފަދަ ޖަރީމާތައް ޖައްސައިގެން ދައުލަތު ދިރުވާލާއިގެން ތިބި ބޭފުޅުން އިންސާފުގެ ކުރިމައްޗަށް ނެރެން ޖެހޭ ކަމަށް ވިދާޅުވިއެވެ.


އަދުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ވަރަށްބޮޑަށް ތައުރީފް ކުރައްވައި، ވިދާޅުވީ ރައީސްގެ ސިޔާސަތަކީ ޢަމަލީގޮތުން ރައްޔިތުންނަށް ހިދުމަތްކުރުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު