ކުޑަކުދިންގެ ދުވަހު ސްޓެލްކޯ އިން ކުޑަކުދިންނާއެކު ހާއްސަ ހަރަކާތެއް

5 months ago

އޮއިވަރު

މިއަހަރުގެ ކުޑަކުދިންގެ ދުވަހު ސްޓެލްކޯ އިން ކުޑަކުދިންނާއެކު ހާއްސަ ހަރަކާތްތަކެއް ބޭއްވުމަށް ނިންމައިފިއެވެ.


އެ ކުންފުނިން ވިދާޅުވީ މި ދުވަސް ފާހަގަކުރުމުގެގޮތުން އެ ކުންފުނީގެ މާލޭ އިންޖީނުގެ ދައްކާލައި އިންޖިނިއަރިންގ ދާއިރާއަށް ކުޑަކުދިން ޝައުގުވެރިކުރުވުމަށް މަޢުލޫމާތުދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި ފަންނީ ތަފާތު ތަޖުރިބާއެއް ކުރުމުގެ ފުރުސަތާއި ހަދިޔާ ބެހުން ވެސް އޮންނާނެކަމަށް ވިދާޅުވިއެވެ.


މީގެއިތުރުން މި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ މެއި 10 ވާ ހުކުރު ދުވަހުގެ ހެނދުނު 8:00 ން ހެނދުނު 10 އަށް އަދި ހަވީރު 4 ން އިރުއޮއްސި 6 ޖަހަންދެން ކަމަށް ވެސް ވިދާޅުވިއެވެ.


މިހަރަކާތުގައި ވީހާވެސް ގިނަ ކުޑަކުދިން ބައިވެރިކުރުވުމަކީ އެ ކުންފުނީގެ ވަަރަށްބޮޑު އެދުމެއްގެ ގޮތުގައި ފާހަގަކޮށް ވިދާޅުވީ އެ ކުންފުނީގެ އިންޖީނުގެ ދައްކައިލާ، އިންޖިނިއަރިންގ ޔުނިފޯމުގައި ފޮޓޯ ނެގުމުގެ ފުރުސަތު ވެސް އޮންނާނެ ކަަމަށެވެ. އަދި މެސްކޮޓާއެކު އުފާވެރި، މަޖާ ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ ކަަމަށް ވެސް ވިދާޅުވިއެވެ.


ސްޓެލްކޯ އިން އިތުރަށް ވިދާޅުވީ އެ ކުންފުނީގެ ހެޑް އޮފީހުގައި ބާއްވާ މި ހަރަކާތުގައި އިތުރުގިނަ ކަންކަން ވެސް ކުރިއަށްދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު