ދިރާގު ޓެސްލާ ކާރު ނުގެއްލޭ، ނަސީބުވެރިޔާ ހޮވުން އަޟްހާ އީދު ދުވަހު

5 months ago

އަފްރާހް

"ވިން އަ ޓެސްލާ" ގެ ނަމުގައި ކުރިއަށްގެންދިޔަ ޕްރޮމޯޝަންގައި އިނާމެއްގެ ގޮތުގައި ދިރާގުން ދިނުމަށް ނިންމާފައިވާ މޮޑެލް-3 ގެ ޓެސްލާ ކާރު ނުގެއްލޭ ކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ.


އެ ކުންފުނީގެ ހެޑް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މެނޭޖަރ މާކެޓިންގ ކޮމިއުނިކޭޝަންސް، ހަސަން ޝާރިހު އާދަމް ވިދާޅުވީ އެ ކާރު ވަރަށް ރައްކާތެރިކަމާއެކު އެބައޮތް ކަމަށެވެ.


ޝާރިހު ވިދާޅުވީ ކާރުގެ ނަސީބުވެރިފަރާތް ގުރުއަތުލުން އަޟްހާ އީދު ދުވަހުގެ ރޭ ހުޅުމާލޭ ސެންޓްރަލް ޕާކު ގައި އޮންނާނެ ކަމަށެވެ. މިއުޒިކާއި ތަފާތު އެކި ހަރަކާތްތަކާއެކު ކުރިއަށްދާ މި އިވެންޓުގައި ވީހާވެސް ގިނަ މީހުން ބައިވެރިވުމަށް ވަނީ ދައުވަތު ދެއްވާފައެވެ.


އޭނާ ވިދާޅުވީ ބޭނުންވަނީ ކާރުގެ ވެރިފަރާތަށް ވަގުތުން ކާރު ހަވާލުކުރަން ކަމަށެވެ. 


ދިރާގުގެ 35 ވަނަ އަހަރީ ދުވަހާއި ދިމާކޮށް ކުރިއަށްގެންދިޔަ ޕްރޮމޯޝަންގެ ނަސީބުވެރިފަރާތަށް ލިބޭ ޓެސްލާ ކާރު މާލެ ގެނެސްފައިވަނީ މިއަހަރުގެ ޖަނަވަރީ 21 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު