އިންފާރު ތަޅައިލީ ހުއްދައެއް ހޯދުމަކާ ނުލާ، ކޯޓު އަމުރެއް ނެތި: ހަސަން ޝާކިރު

3 months ago

އަފްރާހް

ހެންވޭރު ހުދުފިނިފެންމާގޭ އިންފާރު ތަޅައިލީ ހުއްދައެއް ހޯދުމަކާ ނުލާ އަދި ކޯޓު އަމުރެއް ނެތި ކަމުގައި އެގޭގެ ވަކި ރަޖިސްޓްރީއެއް އޮންނަ ހަސަން ޝާކިރު މުހައްމަދު ވިދާޅުވެއްޖެއެވެ.


އޭނާގެ ފޭސްބުކްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ މާލެ ސިޠޓީ ކައުންސިލުން ހިންގީ ޣައިރު ގާނޫނީ ޢަމަލެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން އޭނާއަށް ލިބިފައިވާ އަދި ލިބެމުންދާ ގެއްލުންތަކުގެ ފުރިހަމަ ޒިންމާ މާލެ ސިޓީ ކައުންސިލުން އުފުލަން ޖެހޭނެ ކަމަށެވެ.


މީގެއިތުރުން ހަދީބީމަގުން ހުދުފިނިފެންމާގެއާގެއަށާއި ހުދުފިނިފެންމާގޭ އެތެރެބަޔަށް ވަދެވޭގޮތަށް އޮންނަ ގޯޅިމަގަކީ މާލޭ މުނިސިޕަލްޓީ އަދި ފަހުން މާލޭ ސިޓީ ކައުންސިލުން، ކޯޓުގެ ނިންމެވުމާއި އެއްގޮަތަށް ހަދާދީފައިވާ މަގެއް ކަަމަށް ވެސް ވިދާޅުވިއެވެ.


އެހެންނަމަވެސް މާލޭ ސިޓީ ކައުންސިލާއި ހުދުފިނިފެންމާގެ އާގޭ ބަޔަކާއި ގުޅިގެންކަމަށް ދޭހަވާގޮތަކަށް ހ. ހުދުފިނިފެންމާގެ އެތެެރބައިގާ ދިރިއުޅޭ މީހުންނަށް ނުނިކުމެވޭގޮތަށް ގޯޅި މަގުގައި ގަވާއިދުތަކާ ޚިލާފަށް ފާރެއް ރާނާ އަދި އެންމެފަހުން އެ ފާރަކީ ހަސަން ޝާކިރު ގަވާއިދާ ޚިލާފަށް ރާނައިގެންއުޅޭ ފާރެއްކަމަށް ދޭހަވާގޮތަށް ޚަބަރުފަތުރާފައިވާ ކަަމަށް ވިދާޅުވިއެވެ.


"ގަވާއިދާ ޚިލާފަށް ރޭނި ފާރު އެގޮތުގައި ބަހައްޓާ، އަޅުގަނޑުގެ ގެ ހ. ހުދުފިނިފެންމާގޭގައި މާކުރިން ރާނާފައިވާ ފާރެއް ގާނޫނާއި ގަވާއިދާ ޚިލާފަށް ތަޅާލާ، އަޅުގަނޑުގެ އަބުރު ކަތިލައި، އެތައް މާލީ އަދި ނަފްސާނީ ގެއްލުނަތަކެއް ވަނީ ދީފަ." އެ ޕޯސްޓުގައި ވެއެވެ.


އެހެންކަމުން އޭނާ ވަނީ އިންސާފާއިި އިންސާނިއްޔަތުކަމުން ވެސް އެކަހެރިކޮށް، އަނިޔާއާއި ކުރިމަތިލާން ޖެހިފައި ކަަމަށް ހަސަން ޝާކިރު ވިދާޅުވިއެވެ. އަދި ހަސަން ޝާކިރު ވަނީ އެކަމުގައި ސަރުކާރާއި ކަމާއިގުޅުންހުރި އެންމެހައި އިދާރާތަކުން އޭނާގެ ހައްގު ކަށަވަރުކުރުމަށް ބޭނުންވާ ގާނޫނީ އެހީތެރިކަމަށް ގޮވާލާފައެވެ.


އެ މައްސަލައިގާ މާލޭ ސިޓީ ކައުންސިލުން ވިދާޅުވެފައިވަނީ ފާރު ރޭނުމުގެ ސަބަބުން ގެއެއްގެތެރޭގައި ބަޔަކު ބަންދުވީ ރަޖިސްޓްރީގެ މައްސަލައަކާހެދި ކަމުގައެވެ.


ޖުލައި 13 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސިޓީ ކައުންސިލުގެ ވަކީލް އަބްދުލް ހަކީމް ވިދާޅުވީ ހުދުފިނިފެންމާގޭގެ ގޯޅީގެ މައްސަލަ ކައުންސިލަށް ހުށަހަޅާފައިވާތާ މިހާރު 27 އަހަރުވެފައިވާ ކަމަށެވެ. އަދި ރަސްމީކޮށް އެ މައްސަލަ ހުށަހެޅީ މޭޔަރުކަމުގެ މަގާމާއި އާދަމް އާޒިމް ހަވާލުވެވަޑައިގެންނެވިފަހުން ކަމަށެވެ.


އެހެންވެ މޭޔަރު ބޭނުންވީ އެކަމަށް ގާނޫނީ ހައްލެއް ހޯއްދަވަައިދެއްވުމަށް ކަމަށް ވަކީލު ވިދާޅުވިއެވެ. އަދި ފިނިފެންމާގޭގެ ގޯތި އޮންނަނީ ހައްވާ އިބްރާހީމާއި ހަސަން ޝާކިރުގެ މެދުގައި ބަހާލާފައި ކަމަށް ވެސް ވިދާޅުވިއެވެ.


މިއާއި ގުޅޭ ކުރީގެ ޚަބަރު: https://oivaru.com/769


ކިޔުންތެރިންގެ ހިޔާލު

ބޭބެ

އިންސާނިއްޔަތު ކަންފުޅެއްނެތީ ތިބޭފުޅާ

3 months ago