ކީރިތި ޤުރްއާނުގެ އިލްމު ފެތުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއްދޭ: ރައީސް

3 months ago

އަފްރާހް

ކީރިތި ޤުރްއާނުގެ ޢިލްމު ފެތުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.


ކީރިތި ޤުރްއާން ކިޔެވުމުގެ 36ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އެމަނކިފާނު ވޮދާޅުވީ އެންމެ އިސްކަމެއް ދެއްވާނެ ގައުމީ ވާޖިބަކީ މާތްވެގެންވާ އިސްލާމްދީނަށް ނަޞްރުދިނުމަށް ކަމަށެވެ. އަދި ކީރިތި ޤުރުއާން ހިތުދަސް ހާފިޒުން އުފެއްދުމަށާއި އެ ކަމަށް ހިތްވަރުދީ މަގުކޮށައި ދިނުމަށް ސަމާލުކަން ދެއްވާނެކަމަށް ވެސް ވިދާޅުވިއެވެ.


މީގެއިތުރުން ކީރިތި ޤުރްއާން ހިތުދަސް މީހުން މީގެކުރީން މަދުނަމަވެސް މިހާރު އެ އަދަދު އިތުރުވަމުންދާތީ ކީރިތި ޤުރްއާނުގެ ޢިލްމާއި ކީރިތި ޤުރްއާން ކިޔެވުމުގެ ފަންނު ކުރިއެރުވުމަށް ސަރުކާރުން އަވަސް ހަލުވި ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ.


ރައީސް ވިދާޅުވީ ކީރިތި ޤުރްއާނުގެ ޢިލްމާއި ކިޔެވުމުގެ ފަންނު ކުރިއެރުވުމަށް އަޅުއްވާ ފިޔަވަޅުތަކުގެ ތެރެއިން ކޮންމެ ކަމެއް ކުރުމުގައި މާލީ އެހީތެރިކަން ބޭނުންވާތީ، އެ ކަމަށް ވެސް ހާއްސަ ވިސްނުންތަކެއް ތަންފީޒުކުރަމުންގެންދާ ކަމަށެވެ. އެގޮތުން މި ވަގުތު މާލޭގައި ހުރީ "ދާރުލް އީމާން"ގެ އިތުރުން، އިތުރު ވަޤުފް އިމާރާތްތަކެއް ސަރުކާރުން ގާއިމްކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު