ރިވެތި އަހުލާގުގެ މައްޗަށް ތަރުބިއްޔަތުވެފައި އޮތް ޖީލެއް ބިނާ ކުރޭ: ޑރ. ޝަހީމް

3 months ago

އަފްރާހް

ރިވެތި އަހުލާގުގެ މައްޗަށް ތަރުބިއްޔަތުވެފައި އޮތް ޖީލެއް ބިނާ ކުރުމަށް އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު އެދިވަޑައިގެންފިއެވެ.


އެމަނިކުފާނު މިފަދައިންއެދިވަޑައިގެންނެވީ ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.


މިނިސްޓަރ ވިދާޅުވީ ކީރިތި ޤުރްއާނުގައި ޢުޤޫބާތުގެ ވާހަކަތަކަށްވުރެ، ރިވެތި އަޚްލާގުގެ ވާހަކަތައް ބަޔާންވެފައިވާ މިންވަރު އެތައް ގުނައެއް އިތުރުކަމަށެވެ. އެހެންކަމުން ޤުރްއާނުގައި ބަޔާންވެފައިވާފަދަ ރިވެތި އަޚްލާޤުގެ މައްޗަށް ތަރުބިއްޔަތުވެފައިވާ ޖީލެއް ބިނާކުރުމަށް މަސައްކަތްކުރަންޖެހޭކަމަށް ވިދާޅުވިއެވެ.


ޑރ. ޝަހީމް އިތުރަށް ވިދާޅުވީ އެންމެން ވެގެން މިއަދު މަސައްކަތްކުރަންވީ ކީރިތި ގުރުއާން ރީތިކޮށް ކިޔަވާ ޖީލެއް ބިނާކުރުމަށެވެ.


މީގެއިތުރުން އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކީރިތި ގުރުއާންގެ އިލްމު ރާއްޖޭގައި ފެތުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވާ އަހައްމިއްޔަތުކަން ކަމަށެވެ.


ހަމަމިއާއެކު މި މުބާރާތުގެ މުއައްސިސު ކަމުގައިވާ ކުރީގެ ރައީސް އަލް އުސްތާޛު މައުމޫން އަބްދުލްގައްޔޫމަށް ވަނީ ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު