ވީއައިއޭގެ މަޝްރޫއުތައް ނިންމުމަށް ސައުދީން 100 މިލިއަން ޑޮލަރު ރާއްޖެއަށް

5 months ago

އަފްރާހް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ މަޝްރޫއުތައް ނިންމުމަށް ސައުދީ ޑިވެލޮޕްމަންޓް ފަންޑުން ރާއްޖެ އަށް 100 މިލިއަން ޑޮލަރު ނުވަތަ 1.5 ބިލިއަން ރުފިޔާގެ ލޯނެއް ދީފިއެވެ.


މިއީ ވީއައިއޭގައި މިހާރުހިނގަމުންދާ ތަރައްގީގެ މަޝްރޫއުތައް ނިންމުމަށް ދިން ލޯނެކެވެ.


މިކަމުގެ ފަހުމުނާމައިގާ ސޮއިކުރުމަށް ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ސައުދީ ފަންޑުގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ސުލްތާން ބިން އަބްދުއްރަޙްމާން އަލް މަރްޝަދެވެ. ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގެވެ.


މި ލޯނު ހަމަޖއްސައިދިނުމުން ސައުދީ ފަންޑުގެ ބޯޑަށް ހާއްސަ ޝުކުރެއް މިނިސްޓަރު ވަނީ އަދާކުރައްވާފައެވެ.


ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ ތަފާތު މަޝްރޫއުތަކަށް ސައުދީ ފަންޑުން އެހީތެރިކަން ފޯރުކޮށްދީފައިވާކަން ފާހަގަކުރައްވާ މިނިސްޓަރު ޝަފީގު ވަނީ ގިނަކަންކަން ފާހަގަކުރައްވާފައެވެ. އެގޮތުން ސިއްހީ ދާއިރާ އާއި ހައުސިންގ އާއި އެ ނޫން ވެސް ދާއިރާތައް ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު